ENGLISH

10 ސެޕްޓެމްބަރު 2025

Advertisement

ލޫޠު ނިޔާވި ޚަބަރުން ފުން ހިތާމައެއް ލިބުނުކަން ހާމަކުރެއްވުމާއެކު އާއިލާއަށް ރައީސްގެ ތައުޒިޔާ

15 ޖުލައި 2025

|

ޝިފްޒާން އަޙްމަދު

މާމިގިލިން މޫދަށް ގެއްލުނު ލޫޠު

ފީނަން ގޮސް އުޅެނިކޮށް މާމިގިލިން ގެއްލުނު އުމުރުން 15 އަހަރުގެ ލޫޠު ބިން އަޙްމަދު ނިޔާވުމަކީ ހިތާމަވެރި ޚަބަރެއްގެ ގޮތުގައި ސިފަކުރެއްވުމާއެކު އޭނާގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ. 

ރައީސްގެ ރަސްމީ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓުގައި އެމަނިކުފާނު ވިދާޅުވީ މޫދަށް ގޮސް އުޅެނިކޮށް އުމުރުން 15 އަހަރުގެ ކުޑަކުއްޖަކު ނިޔާވުމަކީ ހިތާމަވެރި، ނުތަނަވަސް އިހުސާސްތަކެއް ކުރުވި ކަމެއް ކަމުގައެވެ. 

ރޭ އދ.މާމިގިލީގައި ހިނގި އެ ހާދިސާގައި ނިޔާވި ލޫޠު ބިން އަޙްމަދަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރުކޮށްދެއްވުން އެދިވަޑައިގެން ދުއާކުރެއްވުމާއެކު އެ އާއިލާއަށް މި ހިތްދަތި ވަގުތު ކެތްތެރިކަން މިންވަރުކުރެއްވުން އެދިވަޑައިގެން ރައީސް ދުއާކުރެއްވިއެވެ. 

މި މަހުގެ 14 ވަނަ ދުވަަހުގެ މެންދުރު ވަގުތެއްގައި އދ.މާމިގިލި ކައިރިއަށް ފީނަން ގޮސް އުޅުނު ހަތަރު ކުދިންގެ ތެރެއިން ކުއްޖަކު ގެއްލިފައިވާ މައްސަލަ ފުލުހުންގެ ހިދުމަތަށް ރިޕޯޓުކުރީ އިއްޔެއެވެ. 

ރޭ އިރާކޮޅު ހޯދަމުން އައި 15 އަހަރުގެ ކުއްޖާ ފެނުނީ އޭނާ ހޯދުމަށް ފީނަމުންދިޔަ އެމްއެންޑީއެފްގެ ޑައިވަރުންނަށެވެ. އަދި އޭނާގެ ހަށިގަނޑު ވަގުތުން މާމިގިލީ ސިއްހީ މަރުކަޒަށް ގެންދިޔައެވެ. ހަށިގަނޑު އެތަނަށް ގެންދިޔައިރުވެސް އޭނާ އޮތީ ނިޔާވެފައިކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ރިޕޯޓުކުރިއެވެ. 

މިދުވަސްވަރު ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މޫސުން ގަދަަވުމާއެކު ކަނޑުގަދަވުމާ ގުޅިގެން އެމްއެންޑީއެފުންވަނީ ކަނޑުދަތުރުފަތުރު ކުރުމުގައާއި މޫދު ކުޅިވަރު ކުޅުމުގައި މޫސުމަށް ރައްކާތެރިވުމަށް އިލްތިމާސްކޮށްފައެވެ. 

ކިޔުންތެރިންގެ ހިޔާލު