ENGLISH

05 ޖުލައި 2025

Advertisement

މަޖިލިސް މެންބަރުންނަކީ "ބޮޓުން" ކަމަށް ދޭހަވާ ގޮތަށް ވާހަކަ ނުދައްކަން އެދިއްޖެ

20 ނޮވެމްބަރު 2024

|

ހަސަން އާމިރު

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި. --ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ "ބޮޓުން" ކަމަށް ދޭހަވާ އިބާރާތްތަކުން ވާހަކަ ނުދެއްކެވުމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله އެދިވަޑައިގެންފި އެވެ.

މަޖިލީހުގެ ރައީސް މިފަދައިން ވިދާޅުވީ މިއަދުގެ ޖަލްސާގައި އިޒްރޭލުގެ ޕާސްޕޯޓް މަނާކުރުމަށް ހުށަހަޅާފައިވާ ބިލު އަވަހަށް ފާސް ކުރުމަށް ގޮވާލައި ހުށަހަޅާ ގާރާރުގެ ބަހުސްގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ދެއްކެވި ވާހަކައަކާއި ގުޅިގެންނެވެ.

"ރައްޔިތުންގެ މަޖިލީހުގައި ޑރ. މުއިއްޒުގެ ފަރާތުން، ޕީއެންސީގެ ފަރާތުން އިންތިހާބު ވެވަޑައިގެން ތިއްބެވި މެންބަރުން ކޮންޓްރޯލް ކުރެއްވުމުގެ ބޭނުމުގައި މި ރައްޔިތުންގެ މަޖިިލިސް އޮޕަރޭޓް ކުރެވިގެންދާ މަންޒަރު އަޅުގަނޑުމެންނަށް މިހާރު މި ފެންނަނީ. އިއްޒަތްތެރި ރައީސް، މިއީތޯ ރައްޔިތުންގެ މަންދޫބުން މިއަދު އެދޭ ގޮތަކީ، މިއީތޯ ސިޔާސީ ޕާޓީއެއްގެ ޕަޕެޓުންނަށްވެގެން ބޮޓުންނަށްވެގެން މިތާ އުޅުއްވަންތޯ ރައްޔިތުންގެ މަންދޫބުން މިއަދު އެދިލައްވަނީ،" މިއަދުގެ ޖަލްސާގައި މީކާއިލް ވިދާޅުވިއެވެ.

މީކާއިލް އެހެން ވިދާޅުވުމާ ގުޅިގެން މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ މަޖިލީހުގެ މެންބަރުންނަކީ "ބޮޓުން" ކަމަށް ދޭހަވާ އިބާރާތުން ވާހަކަ ދެއްކުމަކީ، މެންބަރުންގެ ގަދަރާއި އިއްޒަތަށް އުނިކަން އަންނާނެ ކަމެއް ކަމަށެވެ. އެހެންކަމުން އެގޮތަށް ވާހަކަ ނުދެއްކުމަށް މެންބަރު މީކާއިލްގެ ކިބައިން އަބްދުއްރަހީމް އެދިވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު