ENGLISH
18 އޭޕްރީލު 2025
ޤާނޫނުއަސާސީ އަށް އިޞްލާޙު ގެނައުމުގެ ބިލް ބަލައިގަތުމަށް ފާސްކޮށްފި
20 ނޮވެމްބަރު 2024
|
އިސްލާހު ހުށަހެޅުއްވި މެންބަރު ޝާހިދު މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ. --ފޮޓޯ: މަޖިލިސް
ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އަށް އިޞްލާޙު ގެނައުމުގެ ބިލް ބަލައިގަތުމަށް މަޖިލީހުން ފާސްކޮށްފިއެވެވެ.
ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝަހިދު ހުށަހަޅުއްވާފައިވާ ބިލުގައި ގާނޫނު އަސާސީއަށް މައިގަނޑު ހަތަރު އިސްލާހެއް ވަނީ ހުށަހަޅައިފައެވެ. އެއް އިސްލާހަކީ ރާއްޖޭގެ ސަރަހައްދަށް ބަދަލެއް ގެނައުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ ރުހުން ހޯދަންޖެހޭ ގޮތަށް ބަދަލު ގެނައުމެވެ.
ބިލުގައިވާ އެންމެ މުހިންމު އިސްލާހަކީ މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭނެ އާ ދެ ހާލަތު އިތުރުކޮށްފައިވުމެވެ. އެ ދެ ހާލަތަކީ އިންތިހާބުވާ މެންބަރަކު މަޖިލީހުގެ އުމުރުގެ ތެރޭގައި އެހެން ސިޔާސީ ޕާޓީއަކަށް ބަދަލުވުމާއި ޕާޓީން ވަކިކުރުން ނުވަތަ އަމިއްލަ މެންބަރަކު ސިޔާސީ ޕާޓީއަކަށް ސޮއިކުރުމެވެ.
މީގެއިތުރުން އެ ބިލްގައި ވަނީ ރައީސަށް އިތުރު ބާރުތަކެއް ދިނުމަށް ވެސް ހުށަހަޅައިފައެވެ. އެގޮތުން ދައުލަތުގެ މައިގަނޑު ސިޔާސަތުތައް ކަނޑައެޅުމާއި ސަރުކާރުގެ އިދާރާތަކަށް އިރުޝާދު ދިނުމާއި ގައުމީ ތަރައްގީގެ ޕްލޭންތަކާއި ތަސައްވުރުތައް އެކަށައެޅުން ރައީސްއަށް ލިބިދޭ ގޮތަށް ހިމަނާފައިވެއެވެ. އަދި އަސްކަރީ ބޭނުމަކަށް ބޭރުގެ ސިފައިން ތިބެވޭނީ މަޖިލީހުގެ އަގުލަބިއްޔަތު ލިބިގެން ކަމަށާއި އަސްކަރީ ނޫން ހަރަކާތްތަކާއި އެއްބަސްވުންތަކުގެ ދަށުން ހިންގާ ތަމްރީނުތަކުގައި ބޭރުގެ ސިފައިންނަށް ހަރަކާތްތެރިވެވޭނެ ކަމަށް ވެސް ބިލްގައި ގެންނަން ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި ހިމެނެއެވެ.
މިއަދު ހަވީރު ވެސް މަޖިލީހުގެ ޖަލްސާއެއް ބާއްވަން ވަނީ ތާވަލްކޮށްފައެވެ. އެ ޖަލްސާ ފަށާނީ 5:30 ގައެވެ.