ENGLISH

12 ޖުލައި 2025

Advertisement

މަޝްހޫރު ޙަދީސް އިލްމުވެރިޔާ ރަބީޢު ބިން ހާދީ އަލްމަދުޚަލީ އަވަހާރަަވެއްޖެ

10 ޖުލައި 2025

|

ޝިފްޒާން އަޙްމަދު

ޝައިޚް ރަބީޢު ބިން ހާދީ އަލްމަދުޚަލީ

ސަޢުދީ ޢަރަބިއްޔާގެ ޙަދީސް ޢިލްމުވެރިންގެ ތެރެއިން އެންމެ މަޝްހޫރު ނުފޫޒުގަދަ ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަަވާ އައްޝައިޚް އަލްޢައްލާމާ ރަބީޢު ބިން ހާދީ ބިން ޢުމައިރު އަލްމަދުޚަލީ އުމުރުފުޅުން 92 އަހަރުގައި އަވަހާރަވެއްޖެކަމަށް ރަސްމީ މަސްދަރުތަކުން ހާމަކޮށްފިއެވެ. 

ޝައިޚުގެ އާއިލާއާ އަރިސް މަސްދަރުތަކާ ހަވާލާދީ ނޫސްތަކުން ރިޕޯޓުކުރި ގޮތުގައި ޝައިޚުގެ ކަށުނަމާދު އޮންނާނީ ބުރާސްފަތިދުވަހު މަސްޖިދުއް ނަބަވީގައެވެ. އަދި އެ ޖަނާޒާގައި ޝައިޚުގެ ދަރިވަރުންނާއި ޝައިޚަށް ލޯބިކުރާ މީހުންނާއި ގިނަ ޢަދަދެއްގެ އިލްމުވެރިން ބައިވެރިވެވަޑައިގަންނަވާނެ ކަމުގައި ބެލެވެއެވެ. 

ސަޢުދީ ޢަރަބިއްޔާގެ ޞާމިޠާ ނަމަކަށް ކިޔުނު ގަވަނެޓުގެ އަލްޖަރާދިޔާއޭ ކިޔުނު އަވަށުގައި 1932 ގައި ނުވަތަ 1933 ގައި ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި ޝައިޚު ރަބީޢަކީ ސުންނަތަށް ޚިދުމަތްކުރެއްވުމުގައި މަޝްހޫރު ޢިލްމުވެރިއެކެވެ. 

ޝައިޚަކީ ޙަދީސް ޢިލްމުގެ ގޮތްޕެއް ކަމުގައިވާ ޖަރަޙްއާއި ތަޢުދީލުގެ ބޮޑެތި މާހިރުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ޢިލްމުވެރިއެކެވެ. އަދި ޝައިޚަކީ އިސްލާމީ ފިކުރާ ފުށުއަރާ ތަފާތު ފިކުރުތަކާ ދެކޮޅަށް ވަކާލާތުކުރެއްވި އިލްމުވެރިއެކެވެ.

ޝައިޚު ރަބީޢުގެ ބައެއް ރައުޔަތަކާމެދު އެހެނިހެން ބައެއް ޢިލްމުވެރިން ދެބަސްވެވަޑައިގެންނެވި ނަމަވެސް ހުރިހާ ޢިލްމުވެރިންވެސް އޭނާގެ މަޤާމާއި ޢިލްމީ ބުރަދަނާމެދު އެއްބަސްވެވަޑައިގަންނަވައެވެ. 

ކިޔުންތެރިންގެ ހިޔާލު