ENGLISH

05 ޖޫން 2026

Advertisement

ބޮޑުތަކުރުފާނުމަގު ފެހިކުރަން ޚާއްސަ މަސައްކަތްތަކެއް، ގްރީން ބެލެޓެއް ތަރައްޤީކުރަނީ

05 ޖޫން 2026

|

އަޙުމަދު ޙަމީދު

ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށް ދަނީ --

ބޮޑުތަކުރުފާނުމަގު ފުޅާކޮށް އިތުރަށް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުންދާއިރު އެ މަގު އިތުރަށް ފެހިކޮށް ހިތްގައިމު ކުރުމަށް ޚާއްސަ މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ "ދަ ޕަލްސް" ސިލްސިލާގެ ފުރަތަމަ ޕްރަގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިއީ ކަނޑައެޅޭ ވަކި ޚާއްސަ މައުޟޫއަކާއި ގުޅޭގޮތުން ސަރުކާރުގެ ސިޔާސަތުތަކާއި ވިސްނުންތައް ހާމަކުރުމަށް ގެނެސްްދޭ ޕްރަގްރާމެކެވެ. ފުރަތަމަ ޕްރަގްރާމް ޚާއްސަކުރީ ތިމާވެއްޓަށެވެ.

މި ޕްރަގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ބޮޑުތަކުރުފާނުމަގު ފުޅާކޮށް އިތުރަށް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުންދާއިރު އެ މަގު އިތުރަށް ފެހިކޮށް ހިތްގައިމު ކުރުމަށް ޚާއްސަ މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ބޭރުމަގުގައި ގްރީން ބެލެޓެއް ތަރައްޤީ ކުރެއްވުމަށް ނިންމަވާފައިވާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ވިސްނުމުގައި މިހުރީ ގްރީން ބެލްޓެއް ތަރައްޤީކުރުން. އެހެން ގޮތަކަށް ދަންނަވަންޏާ ގަސް އިންދުން ނޫނިއްޔާ ބޮޑެތި ޕޮޓްތަކުގައި ތަންކޮޅެއްް ބޮޑެތި ގަސް ޖަހާފައި މިހެން ބަރިއަކަށް ބަހައްޓައިގެން ނަމަވެސް -- ބިންމަތީ އިންދާ ގަސްތައް ހުންނާނީ ވަކި ދުރުމިންތަކެއްގައި. ދެން އެދޭތެރެ މެދުގައި ޕޮޓްތައް ހުންނަ ގޮތަށް ތަންކޮޅެއް ފެހިކޮށް ހިތްގައިމުކޮށް ފެންނާނެހެން ހެދުން،"

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެންމެން ބައިވެރިވެއްޖެނަމަ މިއީ ހާސިލުކުރަން ވަރަށް ފަސޭހަ ކަންކަން ކަމަށެވެ. ރައީސް ވަނީ ތިމާވެށީގެ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކެއް ކަމުގައި ދެކި އެންމެވެސް ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރުމަށް އިލްތިމާސް ކުރައްވާފަ އެވެ. އަދި އެ ދާއިރާއިން ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ހުރިހާ ރައްޔިތުން ވެސް ބައިވެރިވުމަށް އެމަނިކުފާނު ވަނީ އިލްތިމާސް ކުރައްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު