ENGLISH

05 ޖޫން 2026

Advertisement

ކޮންގްރެސް ކެންޑިޑޭޓްގެ ކެމްޕެއިން ނިންމަން ހިނގާލުމެއް

05 ޖޫން 2026

|

އަޙުމަދު ޙަމީދު

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ކޮންގްރެސް ޕާޓީން ވާދަކުރާ ކެންޑިޑޭޓް އަޙްމަދު ސަޢީދުގެ ކެމްޕެއިން ނިންމާލުމުގެ ގޮތުން ޚާއްސަ ހިނގާލުމެއް ބާއްވަް ނިންމައިފި އެވެ.

މި ހިނގާލުން ކުޑައިރުކޮޅެއްގެ ތެރޭގައި ފެށޭނެ އެވެ. ހިނގާލުން ފެށޭނީ ސަޢީދުގެ ކެމްޕެއިން އޮފީސް ކުރިމަތީންނެވެ.

މި ހިނގާލުމުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ކޮންގްރެސް ޕާޓީން އެދެ އެވެ.

އައްޑޫ ސިޓީއަށް މެދުކެނޑުމެއް ނެތި ތަރައްގީއާއި ކުރިއެރުން ގެނައުމަށާއި، ރައްޔިތުންނަށް އުޖާލާ މުސްތަގުބަލެއް ހޯދުމަށް އެންމެ އެކަށީގެންވާ ކެންޑިޑޭޓަކީ ސަޢީދު ކަމަށް ކޮންގްރެސް ޕާޓީން ބުނެ އެވެ. މާދާމާ އޮންނަ އިންތިޚާބުގައި ރައްޔިތުން ސަޢީދަށް ވޯޓް ދޭން އެ ޕާޓީން ވަނީ އެދިފަ އެވެ. 

ކިޔުންތެރިންގެ ހިޔާލު