ENGLISH
18 އޭޕްރީލު 2025
ޕީއެންސީގެ އެތެރޭގެ އިންތިހާބު ހޮނިހިރު ދުވަހު
20 ނޮވެމްބަރު 2024
|
ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން އަންނަ ހޮނިހިރު ދުވަހު އޮންނާނެ ކަމަށް އެޕާޓީން ބުނެފިއެވެ.
ޕީއެންސީން ނޮވެމްބަރު 16، 2024 ގައި ވަނީ އެ ޕާޓީގެ ދާއިރާތަކުގެ އިންތިޚާބުގެ ވޯޓު ނަގާ 90 ދާއިރާއަކާއި، އެ ދާއިރާތަކުގެ ކެންޑިޑޭޓުންގެ ލިސްޓް އިއުލާނުކޮށްފައެވެ.
ރާއްޖޭގައި އޮތް އެންމެ މެންބަރުން ގިނަ ޕާޓީ އަށް ޕީއެންސީ ހެދުމަށް އަމާޒު ހިފާފާވައިރު، އެ ޕާޓީގެ ދަފުތަރު 80 ހާހުން މައްޗަށް ގޮސްފައިވާކަމަށް ވަނީ ބުނެފައެވެ. އަދި މަޖިލީހުގެ މެޖޯރިޓީ އޮތީ ވެސް އެ ޕާޓީއަށެވެ.