ENGLISH
18 އޭޕްރީލު 2025
އޭއައި ބޭނުންކޮށްގެން ގާސިމްގެ ނަމުގައި ސްކޭމެއް ހިންގަނީ
20 ނޮވެމްބަރު 2024
|
ގާސިމް އިބްރާހީމް
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން, ޕާޓީ ޖޭޕީގެ ލީޑަރ ގާސިމް އިބްރާހީމްގެ ނަމުގައި ސްކޭމް ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ދައުރުކުރަމުންދާ ކަމަށާއި އެއީ ފޭކެއް ކަމަށް ގާސިމް ވިދާޅުވެއްޖެއެވެ.
މި ވީޑިއޯ އާާއި ފޮޓޯތަކުގައި ވަނީ އޮފްޝޯ ޓްރޭޑް ކުރުމާއި އިންވެސްޓްކޮށްގެން މާލީ ނަފާ ހޯދަން ބޭނުންވާ ފަރާތްތަކަށް ގާސިމްގެ އެހޯީތެރިކަމާ އެކު ބޭންކްއޮފް މޯލްޑިވެސް މެދުވެރިކޮށް ފައިދާ ހޯދައިދޭނެ ކަމަށް ބުނެފަ އެވެ.
ގާސިމްގެ ނަމުގައި ހިންގަމުން ދިޔަ ސްކޭމްގެ ވީޑިއޯގެ ސްކްރީންޝޮޓެއް
މިކަމާ ގުޅިގެން ސޯޝަލްމީޑިއާގައި ގާސިމް އިބްރާހީމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާގެ ފޮޓޯ އާއި ވީޑިއޯ ބޭނުންކޮށްގެން، އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި ތައްޔާރުކޮށްފައިވާ ވީޑިއޯ އަކީ އެއްވެސް އަސްލެއް ނެތް އެއްޗެއް ކަމަށެވެ.
"ޚާއްޞަކޮށް ޓިކްޓޮކް، އިންސްޓަރގްރާމް އަދި ފޭސްބުކްގައި އަޅުގަނޑުގެ ފޮޓޯ އާއި، ވީޑިއޯ ބޭނުންކޮށްގެން، އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި ތައްޔާރުކޮށް އެކިކަހަލަ އޮފްޝޯ ޓްރޭޑް ކުރުމަށާއި، އިންވެސްޓްކޮށް އަވަހަށް ނަފާ ލިބޭނެ ފަދަ މާލީ މުޢާމަލާތްތަކުން ދިވެހީންނަށް އަޅުގަނޑު ފުރުޞަތު ހޯދައިދޭކަމަށް ދައްކުވައިދީ، އަދި ރާއްޖޭގެ ޤައުމީ ބޭންކް މެދުވެރިވެ މި ސްކީމުގެ ފައިދާލިބޭނޭ ގޮތް ހަމަޖެހޭނޭމަށް ބަޔާންކޮށް، އަޅުގަނޑުގެ ނަމުގައި ފަތުރަމުންދާ އޯޑިއޯ ވީޑިއޯ ކްލިޕްތަކަކީ ރައްޔިތުންގެ ތެރެއިން ބަޔަކަށް އޮޅުވާލައި، ޒަމާނީކޮށް ސްކޭމް ކުރުމުގެ ބޭނުމުގައި ހިންގަމުންދާ އޮޅުވާލުމުގެ ދަށުދަރައިޖެ ޢަމަލުތަކެކެވެ." ޤާސިމް ވިދާޅުވެފައިވެއެވެ.
ގާސިމް ވަނީ މިފަދަ އެއްވެސް ބާވަތެއްގެ ސްކޭމެއްގައި، އެއްވެސް ރައްޔިތަކު ނުޖެހުމަށް އިލްތިމާސް ކުރައްވައިފަ އެވެ. އަދި އާޓިފިޝަލް އިންޓެލިޖެންސް މެދުވެރިކޮށް ތައްޔާރުކޮށްފައި ހުންނަ ހަގީގަތެއް ނެތް ވީޑިއޯ ކްލިޕް ފަދަ ތަކެތި ސޯޝަލް މީޑިއާގެ އެކި މަންސަތަކާއި، އެކި ވައިބާ ގްރޫޕްތަކާއި، ވަޓްސްއެޕް ގްރޫޕްތަކުގައި ހިއްސާ ނުކުރުމަށް ވެސް ގާސިމް އެދިވަޑައިގެންނެވި އެވެ.