ENGLISH

18 އޭޕްރީލު 2025

Advertisement

ފަލަސްތީނުގެ ހައްޤުގައި ނަމޫނާ ދެއްކެވި ހަމައެކަނި ވެރިޔަކީ ޑރ. މުޢިއްޒު: ކުރީގެ ރައީސް ވަހީދު

20 ނޮވެމްބަރު 2024

|

ޝަރާ އަބްދުﷲ

އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ލޭއޮހޮރުވުމުގެ ލާއިންސާނީ ކަންތައްގަނޑު ހުއްޓުވުމަށް އެންމެ ގިނަ މަސައްކަތްތަކެއް ކުރެއްވީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުޢިއްޒު ކަމަށް ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު ވިދާޅުވެއްޖެއެވެ.

ސަރުކާރަށް އެއް އަހަރު ފުރުމާ ގުޅިގެން، ސަރުކާރުގެ ސިޔާސަތުތަކާ ބެހޭގޮތުން ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި ޑރ. ވަހީދު ވިދާޅުވީ މިއީ ރާއްޖޭގެ ވެރިއަކު މިހާތަނަށް ކުރެއްވި އެންމެ ވަރުގަދަ ސާބިތު މަސައްކަތްކަމަށެވެ.

"މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ޤައުމުގައި އެތައް މައްސަލަތަކެއް ހުރި. އޭގެތެރޭގައި އިޤްތިޞާދީ އަދި ދާޙިލީ ފިއްތުންތައް ވެސް ހުރި. އަދި ދިވެހިންނާއި އެހެން ޤައުމުތަކާ ދެމެދު ނުތަނަވަސް ކަމެއް އުފެދި އިންޑިއާއާއި ޗައިނާއާ ދެމެދު އޮތް ޒަމާންވީ ގުޅުންވެސް ހީނަރުވާންފަށައިފައި އޮތް،" ޑރ. ވަހީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ކުޑަދުވަސްކޮޅެއްގެ ތެރޭގައި ވަނީ މި އަޑިގުޑަންތަކުން ޤައުމު ނަންގަވާފައި ކަމަށެވެ.

ކުރީގެ ރައީސް ވަހީދު ވިދާޅުވީ ރައީސް ޑރ. މުޢިއްޒު ކުރެއްވި ކަންތައްތަކުގެ ތެރެއިން އެންމެ ހިތްހަމަޖެހިވަޑައިގަންނަވަނީ ފަލަސްތީނުގެ މިނިވަންކަމަށް ކުރަމުންގެންދަވާ މިންނެތް މަސައްކަތްޕުޅު ކަމަށެވެ. އެއީ ކޮންމެ ކޮންމެ ވެރިއަކަށް ކުރަން ކެރޭނެފަދަ މަސައްކަތްޕުޅުތަކެއް ނޫންކަމަށާ އަދި އޯއައިސީ ބައްދަލުވުމުގައި ރައީސް ދެއްވި ތަޤުރީރަކީ ވަރުގަދަ ސާބިތު ތަޤުރީރެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"އިޒްރޭލާ ދެކޮޅަށް ސައުތު އެފްރިކާގެ ފަރާތުން އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސްއަށް ހުށައަޅާފައިވާ މައްސަލައަށް ތާއިދުކުރައްވާ ރާއްޖޭގެ ފަރާތުން ވަރަށް ވަރުގަދަ ވަކީލުންގެ ޓީމެއް ފޮނުއްވިކަން އަޅުގަނޑު އުފަލާއެކު ފާހަގަކުރަން. ހުޅަނގުގެ އެހީއާއެކު އިޒްރޭލުން ފަލަސްޠީނުގައި ހިންގާ ނާތަހުޒީބު އަނިޔާވެރި އަދި ލަދެއް ނެތް އަމަލުތަކަކީ މި ވޭތުވެދިޔަ 100 އަހަރުގެތެރޭގައި ވެސް ހިންގާފައިވާ އެންމެ ބޮޑު ޖަރީމާ. ދިވެހި ރައްޔިތުންގެ ހިތްތަކުގައި އުފެދެމުންދާ އުދާސްތަކާއި، ވޭނާއި ހިތްދަތިކަމުގެ އަސަރު ރައީސް ޑރ. މުޢިއްޒު އިހްސާސްކުރައްވައި އެމަނިކުފާނު ދައްކަވާ ކޮންމެ ވާހަކަފުޅެއްގައި ވެސް ސާބިތުކަމާ  އެކު ފާޅުކުރައްވަމުން ގެންދަވާކަމަށްޓަކައި އަޅުގަނޑު އެމަނިކުފާނަށް ޝުކުރު ދަންނަވަން،" ކުރީގެ ރައީސް ޑރ. ވަހީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު