ENGLISH
05 ޖުލައި 2025
އިހަވަންދޫ، މުލައް އަދި ހުޅުމީދޫގައި 2000 ޓަނުގެ ކޯލްޑް ސްޓޯރޭޖް އަޅަނީ
20 ނޮވެމްބަރު 2024
|
ރާއްޖޭގެ ތިން ރަށެއްގައި ކޯލްޑް ސްޓޯރޭޖް އެޅުމަށް ނިންމާފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.
ހއ. އަތޮޅުގެ މަސްވެރިންނަށް މަސްކިރުވުމުގައި ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދުމުގެ ގޮތުން އެ އަތޮޅު އިހަވަންދޫގައި، ބްރައިން ފްރީޒިންއާ އެކު 1،000 ޓަނުގެ މަސް ރައްކާކުރެވޭ ކޯލްޑް ސްޓޯރޭޖް އެޅުމަށް ނިންމާފައިވާ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ. އެއީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ އެހީގައި އިމާރާތްކުރާ ފެސިލިޓީއެކެވެ.
މުލަކަތޮޅުގެ މަސްވެރިންނަށް މަސް ކިރުވުމުގައި ދިމާވެފައިވާ ދަތިތައް ހައްލުކުރުމުގެ ގޮތުން 500 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް އެ ރަށުގައި އެޅުމަށް ވެސް ނިންމައިފައެވެ. މިއީ ދުވާލަކު 50 ޓަނުގެ މަސް ބްރައިން ފްރީޒް ކުރެވޭ ކެޕޭސިޓީއާ އެކު އަޅާ ފެސިލިޓީއެކެވެ. މި ޕްރޮޖެކްޓަށް ފައިނޭންސްކުރަނީ ސައުދީގެ އާރްއޯއެސް ފޮރ ޓްރޭޑިން އެންޑް ކޮންޓްރެކްޓިން ކުންފުނިންނެވެ.
އައްޑޫ ސިޓީގެ މަސްވެރިންނަށް މަސް ކިރުވުމުގައި ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކްގެ އެހީގައި އައްޑޫ ސިޓީ ހުޅުމީދޫގައި އިތުރު 500 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް އެޅުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މަސްވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ބުނެފަ އެވެ.