ENGLISH
18 އޭޕްރީލު 2025
ޕާޓީ ބަދަލުކުރާ ނަމަ ގޮނޑި ގެއްލޭ އިސްލާހު އަވަސް ކުރަން މުޅި މަޖިލިސް ކޮމިޓީއަށް
20 ނޮވެމްބަރު 2024
|
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ. ފޮޓޯ: ޕީއެސްއެމް ނިއުސް
މަޖިލިސް މެންބަރަކު ނިސްބަތްވާ ޕާޓީން އެމީހަކު ވަކިކޮށްފި ނަމަ، ނުވަތަ އަމިއްލައަށް ވަކިވެއްޖެ ނަމަ، އެ މީހެއްގެ މެންބަރު ކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ސަރުކާރުގެ ފަރާތުން މިއަދު ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި އިސްލާހު، މަޖިލީހަށް ބަލައިގެނެ، އެ ބިލު އަވަސް ކުރަން މުޅި މަޖިލިހުގެ ކޮމިޓީއަށް ފޮނުވަން ފާސްކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ހުށަހެޅި މި އިސްލާހުގައިވާ ގޮތުން ވަކި ސިޔާސީ ޕާޓީއެއްގެ ފަރާތުން މަޖިލިސް އިންތިހާބުގައި ވާދަ ކޮށްގެން އިންތިހާބުވުމަށް ފަހު، އެ ދައުރުގެ ތެރޭގައި އެ ސިޔާސީ ޕާޓީއަކުން އަމިއްލަ އަށް ވަކިވެއްޖެ ނަމަ ނުވަތަ ޕާޓީން ވަކި ކޮށްފި ނަމަ ނުވަތަ އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެ ނަމަ އެ މީހަކު މަޖިލިހުގެ މެންބަރުކަމުން ވަކިވާނެއެވެ. އަދި އަމިއްލަ ގޮތުން ވާދަކޮށްގެން އިންތިހާބުވާ މެމްބަރުންވެސް ސިޔާސީ ޕާޓީއަކާ ގުޅިއްޖެނަމަ އެ މެމްބަރަކު އެމަޤާމުން ވަކި ކުރާނެއެވެ.
ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު ޝާހިދުގެ އިސްލާހު ބަލައިގަތުމަށް ފާސްވީ، 69 މެންބަރުންގެ ވޯޓުންނެވެ. އަދި ދެކޮޅަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ.
ގާނޫނު އަސާސީއަށް މި ބަދަލުގެންނަން ނިންމާފައިވާއިރު 19 ވަނަ މަޖިލީހުގައި އުފައްދާފައިވާ އެންޓި ޑިފެކްޝަން ގާނޫނުގައި ވެސް، ތިން ހާލަތެއް މެދުވެރިވެއްޖެ ނަމަ އެ މެންބަރަކު ހަތް ދުވަސް ތެރޭގައި ޕާޓީން އަމިއްލަ އަށް ވަކިވާން ޖެހޭނެއެވެ. ނަމަވެސް ވަކިނުވެއްޖެނަމަ ގާނުނީ ގޮތުން އަޅާނެ ފިޔަވަޅެއް ބާޔާންކޮށްފައެއް ނެތެވެ. މި މައްސަލަ މިހާރު އަމިއްލަ ފަރާތަކުން ވަނީ ސިވިލް ކޯޓަށް ހަމައަށް ގެންގޮސްފައެވެ.
މަޖިލީހުގައި މިހާރު ސަރުކާރުގެ މައި ޕާޓީ ޕީއެންސީގެ މެޖޯރިޓީ އޮތް އިރު އޭގެ ތެރެއިން ގިނަ މެމްބަރުންނަކީ އަމިއްލަ ގޮތުން އިންތިހާބުވެ ވަޑައިގެން ޕީއެންސީއާ އަލަށް ގުޅުނު މެމްބަރުންނެވެ.