ENGLISH
04 ޖުލައި 2025
ބްރިޖްގެ އެއާޕޯޓް ލައިޓް ކައިރިން އެކްސިޑެންޓްވެ އަނިޔާވި މީހާގެ ހާލު ސީރިއަސް
20 ނޮވެމްބަރު 2024
|
ސިނަމާލެ ބްރިޖުގައި ކުރިން ހިނގި އެކްސިޑެންޓެއް.
ސިނަމާލެ ބްރިޖުގެ އެއާޕޯޓު ލައިޓް ކައިރިން ރޭ ފަތިހު ސައިކަލެއް ފެންސްގައި ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާގެ ހާލު ސީރިއަސްކަމަށް ފުލުހުން ބުނެފި އެވެ.
މި ހާދިސާގައި ސައިކަލުގައި އިން މީހާއަށް އަނިޔާވެ އައިޖީއެމްއެޗްގައި ދަނީ ފަރުވާދެމުންނެވެ. އެއީ އުމުރުން 53 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި ހާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.