ENGLISH

18 އޭޕްރީލު 2025

Advertisement

އިންޑިއާގެ ސަފީރު، މަތީ ތައުލީމާ ބެހޭ ވަޒީރާ ބައްދަލުކުރައްވައިފި

20 ނޮވެމްބަރު 2024

|

އާމިނަތު ޔުމްނާ

އިންޑިއާގެ ސަފީރު އެޗް.އީ. މުނު މަހާވަރު އަދި މަތީ ތަޢުލީމާއި ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ

އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެޗް.އީ. މުނު މަހާވަރު މަތީ ތަޢުލީމާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާގެ އަރިހަށް އިތިރާމްގެ ޒިޔާރާތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން މަޝްވަރާކުރެއްވީ ދިވެހިންނަށް މަތީ ތަޢުލީމުގެ ފުރުސަތުތައް އިތުރުކުރުމާއި، ތަމްރީނު ޕްރޮގްރާމްތައް ކުރިއެރުވުމާއި، އަދި އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމާ ބެހޭ ގޮތުންނެވެ.

މި ބައްދަލުކުރެއްވުމަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ރަޙްމަތްތެރިކަން އިތުރަށް ބަދަހިކުރުމަށް މަގުފަހިވެގެންދިއުމުގެ އިތުރުން ތަޢުލީމީ ދާއިރާއިން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމަށް މަސައްކަތްކުރާނެ ކަމެއް ކަމުގައި މަތީ ތައުލީމާ ބެހޭ ވުޒާރާއިން އެކްސްގައި ކޮށްފައިވާ ޕޯސްޓްގައި ވަނީ ބުނެފައެވެ.

ރާއްޖޭގެ ކުރިއެރުމުގައި އަދި ދިވެހި ރައްޔިތުން އެހީތެރިކަމަކަށް ބޭނުންވާ ކޮންމެ ވަގުތެއްގައި އިންޑިއާ އިން ދޭ ސަމާލުކަމާއި އަހައްމިއްޔަތު ފާހަގަކުރައްވައި އެކަމަށް ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ މީގެ ކުރިން އިންޑިއާގައި ހުންނަވާ ސަފީރާއި އެކު ބޭއްވި ބައްދަލުވުމުއްގައި ޝުކުރު އަދާކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު