ENGLISH
02 ޖުލައި 2025
ސްޓެލްކޯގެ އިންހައުސް ޓްރެއިނާސް ޕޫލް އިފްތިތާޙުކޮށްފި
24 ޖޫން 2025
|
ސްޓެލްކޯގެ އިންހައުސް ޓްރެއިނަރސް ޕޫލް މިއަދު އިފްތިތާހުކޮށްފި އެވެ.
މި ޕޫލް އިފްތިތާހުކޮށްދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ އެވެ.
ސްޓެލްކޯ އިންހައުސް ޓްރެއިނަރސް ޕޫލަކީ، ކުންފުނީގެ މުވައްޒަފުންގެ ޢިލްމާއި ހުނަރާއި ތަޖުރިބާ ބޭނުންކޮށްގެން ކުންފުނީގެ މުވައްޒަފުންނަށް އިންޓަރނަލް ޓްރެއިނިންގއާއި މުވައްޒަފުންނަށް ބޭނުންވާ ހުނަރު ދެނެގަނެ އެ މުވައްޒަފުންނަށް ބޭނުންވާ އިލްމު އެންމެ ގާތުން ފޯރުކޮށްދިނުމަށް ފަށައިގަނެވުނު މަސައްކަތެކެވެ.
އެގޮތުން ސްޓެލްކޯގެ 35 މުވައްޒަފުން "ޓްރެއިން ދަ ޓްރެއިނަރ" އިންޓަނޭޝަނަލް ސެޓްފިކެޓް ހާސިލްކޮށްފައިވާ އިރު، މި 35 މުވައްޒަފުންނަށް މިއަދު ސްޓެލްކޯއިން ވަނީ ސްޓެލްކޯގެ ސެޓިފައިޓްޑް ޓްރެއިނަރެއްގެ ލައިސެންސް ދީފައެވެ. މީގެ އިތުރުން ސްޓެލްކޯ ޓްރެއިނަރސް ޕޫލްއިން ހިންގުމަށް ހަމަޖެހިފައިވާ ޓްރެއިނިންތަކުގެ މަޢުލޫމާތު ހިމެނޭ އަތްމަތީ ފޮތް ވެސް މިއަދުގެ ރަސްމިއްޔާތުގައި ވަނީ އިފްތިތާޙުކޮށްފައެވެ.
މި ޕޫލްގައި މި ވަގުތު 35 މުވައްޒަފުން ހިމެނޭއިރު، ކުރިއަށް އޮތް ތާނގައި ބައިނަލްއަޤުވާމީ ފެންވަރަށް އިތުރު މުވައްޒަފުން ޓްރެއިނަރުންގެ ގޮތުގައި ތަމްރީނު ކުރުމަށްވެސް ސްޓެލްކޯއިން ވަނީ ނިންމާފައެވެ.
މިއަދު އިފްތިތާޙުކުރި ސްޓެލްކޯ ޓްރެއިނަރސް ޕޫލްގައި މި ވަގުތު ތިބި 35 ޓްރެއިނަރުންގެ ތެރޭގައި އެކި ދާއިރާތަކުގެ އިންޖީނިއަރުންނާއި ޓެކްނީޝަނުންނާއި، އިދާރީ އެކި ދާއިރާތަކާއި، ހިއުމަން ރިސޯސްއާއި، ސެކިއުރިޓީއާއި މީޑިއާ އަދި ޕަބްލިކް ރިލޭޝަންސް ދާއިރާ ފަދަ ގިނަ ދާއިރާތަކަކަށް ޚާއްސަ މުވައްޒަފުން ހިމެނެއެވެ.