ENGLISH

05 ޑިސެމްބަރު 2025

Advertisement

ރައީސުލްޖުމްހޫރިއްޔާ، މާފަންނު ރައްޔިތުންނާ ބައްދަލުކުރެއްވުން

05 ޑިސެމްބަރު 2025

|

ހަސަން އާމިރު

މާލޭ ސިޓީގެ މާފަންނު އަވަށުގެ ރައްޔިތުންނާއެކު ތާޖުއްދީން ސްކޫލުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައްދަލުކުރައްވަނީ.  މަޝްވަރާ ބައްދަލުކުރެއްވުމުގައި، އާންމު އިޖުތިމާޢީ އެކި ދާއިރާތަކުން ރައްޔިތުން ހުށަހެޅުއްވި ކަންބޮޑުވުންތަކާއި، އެމަނިކުފާނާ ކުރިމަތިކުރެއްވި ސުވާލުތަކަށް ރައީސް ވަނީ ޖަވާބުދާރީވެވަޑައިގެން ވާހަކަފުޅުދައްކަވާފައި. މިވަގުތު ޤައުމަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކުގެ ތެރެއިން ވަކީން ޚާއްޞަކޮށް، މަސްތުވާތަކެތީގެ މައްސަލައާއި، ޤަވައިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީންގެ މައްސަލައަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުގެ އިތުރުން ޝަރުޢީ އިމުގެ ތެރެއިންވެސް މިކަންކަމަށް ޙައްލު ހޯއްދެވުމަށް ކުރައްވާފައިވާ ކަންކަން ހިއްސާކުރައްވާފަ. އެގޮތުން މަސްތުވާތަކެތި އެތެރެކުރުމުގެ ކުށް ސާބިތުވެއްޖެ މީހެއްގެ ޙުކުމަށް، މަޢާފު ނުލިބޭ ގޮތަށް، އެމީހެއްގެ މުޅި ޢުމުރަށް ތަންފީޒުކުރަންޖެހުމާއި، ޤަވައިދާ ޚިލާފުވާ ބިދޭސީން ޑީޕޯޓްކުރުމުގައި ޢަމަލުކުރައްވާ ސިޔާސަތަށް އެމަނިކުފާނު އަލިއަޅުއްވާލެއްވި. ބިދޭސީންނަށް އެފަދަ ފުރުޞަތުތައް ފަހިކޮށްދެވުމުގައި ދިވެހީންގެ ދައުރު އޮތްކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ފަސޭހަތަކެއް ހުރިކަމުގައި ވީ ނަމަވެސް، އެކަން ދޫކޮށް، ދިވެހި ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދެއްވުމަށް ގޮވާލައްވާފަ. އަދި ވަޒީފާގެ ފުރުޞަތުތަކަކީ ހަމައެކަނި ސަރުކާރުގެ ތެރެއިން ފަހިވާންޖެހޭ ފުރުޞަތުތަކެއް ނޫންކަމަށާ، އަމިއްލަ ފަރާތްތަކުންވެސް ދިވެހީންނަށް އެ ފުރުޞަތުތައް ޚާއްސަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިލްތިމާސްކުރައްވާފަ.

ކިޔުންތެރިންގެ ހިޔާލު