ENGLISH
30 އޭޕްރީލު 2026
ސައުތު ރީޖަން ޒޯން ދޭއްގެ ޗެމްޕިއަންކަން ގދ. ގައްދޫ އިން ހޯދައިފި
29 އޭޕްރީލު 2026
|
ސައުތު ރީޖަން ޒޯން ދޭއްގެ ޗެމްޕިއަންކަން ހޯދީ ގދ. ގައްދޫ ޓީމުގެ ކުޅުންތެރިން ޓްރޮފީއާއެކު. --ފޮޓޯ: ގައްދޫ ކައުންސިލް
އެންމެ މަޤްބޫލު
އެފްއޭއެމް ރީޖަނަލް ލީގުގެ ކޮލިފިކޭޝަންގައި ސައުތު ރީޖަންގެ ޒޯން ދޭއްގެ ފައިނަލުގައި ސ. ފޭދޫ ބަލިކޮށް، ގދ. ގައްދޫ އިން ޗެމްޕިއަންކަން ހޯދައިފިއެވެ. މި މެޗުން ގައްދޫ މޮޅުވީ 1-0 އިންނެވެ.
ގައްދޫ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، ގައްދޫން ޖެހީ ފަހު ހާފުގައެވެ.
މެޗުގެ ފުރިހަމަވަގުތު ހަމަވާން ހަތަރު މިނެޓަށްވެފައިވަނިކޮށް އެ ޓީމަށް މި ލަނޑު ކާމިޔާބުކޮށްދިނީ އިޝްހާޤު ރަޝީދު އެވެ. މިއީ އަރިމަތިން ނެގި ހުރަހެއްގެ އެހީގައި ގޯލު އޭރިޔާތެރެއިން ފޮނުވާލައިގެން އޭނާ ކާމިޔާބުކުރި ގޯލެކެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސް އޭނާ އެވެ.
ސައުތު ރީޖަންގެ ކޮލިފިކޭޝަން މެޗުތަކަށް ޒޯން އެކެއްގެ ޗެމްޕިއަނުންގެ ގޮތުގައި ލ. ގަމުގެ އިތުރުން ރަނަރަޕް ލ. ކުނަހަންދޫ އާއި ޒޯން ދޭއްގެ ޗެމްޕިއަން، ގައްދޫ އާއި ދެވަނަ މަގާމަށް ހޮވުނު ފޭދޫ ވަނީ ރީޖަން ލީގަށް ކޮލިފައިވެފައެވެ.