ENGLISH

30 އޭޕްރީލު 2026

Advertisement

މާލޭގައި ހިންގާ ބައެއް ތަރައްޤީގެ މަޝްރޫޢުތަކުގެ މަސައްކަތްތައް ކުރިއަށްދާގޮތް ވަޒީރު ބައްލަވާލައްވައިފި

29 އޭޕްރީލު 2026

|

އަޙުމަދު ޙަމީދު

މާލޭގައި ހިންގާ ބައެއް ތަރައްޤީގެ މަޝްރޫޢުތަކުގެ މަސައްކަތްތައް ކުރިއަށްދާގޮތް މިނިސްޓަރު އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. ޢަބްދުالله މުއްޠަލިބް ބައްލަވާލައްވައިފި އެވެ.

މިނިސްޓަރު މުއްޠަލިބް ވަނީ ޖުމްހޫރީ މައިދާން ތަރައްޤީ ކުރުމުގެ މަޝްރޫޢު އާއި ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމުގެ މަޝްރޫޢު އާއި ރަސްފަންނު ތަރައްޤީ ކުރުމުގެ މަޝްރޫޢު ކުރިއަށް ދާގޮތް ބައްލަވާލައްވާފަ އެވެ.

ޖުމްހޫރީ މައިދާން ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ބޮޑު ބައެއް ވަނީ ނިމިފަ އެވެ. އެ ސަރަޙައްދު މިހާރު ވަނީ ހިތްފަސޭހަ ސަރަޙައްދަކަށް ބަދަލުކޮށްލާފަ އެވެ. އަދި ކުޑަކުދީންނާއި ޢާއިލާތަކަށް އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ ފަދަ ސަރަޙައްދަކަށް އެ ސަރަޙައްދު ބަދަލުކޮށްލުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެ ފިޔަވަހި ވަނީ ނިމިފަ އެވެ. މި މަޝްރޫޢުގެ ދަށުން އެ މަގު އިތުރަށް ފުޅާކޮށް ތާރުއަޅާ ޒަމާނީ ފެންވަރަށް ދަނީ ތަރައްޤީ ކުރަމުންނެވެ. ނިމުނު ދެ ފިޔަވަހި ހުޅުވާލާ އާންމުން ބޭނުން ކުރަން ފަށާފައިވާއިރު ތިންވަނަ ފިޔަވަހީގެ ގިނަ މަސައްކަތްތައް ވެސް ވަނީ ނިމިފަ އެވެ.

ރަސްފަންނު ސަރަޙައްދަކީ ވެސް ކުރީން ވަރަށް ހިތްގައިމުކޮށް ސަރަޙައްދެކެވެ. ނަމަވެސް މިދިޔަ ސަރުކާރުގައި އެ ސަރަޙައްދު ބެލުހެއްޓުމަށް މާބޮޑު މަސައްކަތެއް ކޮށްފައެއް ނުވެ އެވެ. އެހެން ކަމުން އެ ސަރަޙައްދު ވަނީ ވަރަށް ބޮޑަށް މަރާމާތަށް ބޭނުންވެފަ އެވެ. 

މިހާރު ވަނީ އެ ސަރަޙައްދު ތަރައްޤީ ކުރުމުގެ މަޝްރޫޢު ކުރިއަށް ފަށާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު