ENGLISH
26 ނޮވެމްބަރު 2024
ދެ ކިލޯގެ ޑްރަގާއެކު ރާއްޖެ އައި އިންޑިއާ ދެމަފިރިން އެއްމަސް ދުވަހަށް ބަންދަށް
19 ނޮވެމްބަރު 2024
|
އެންމެ މަޤްބޫލު
ދެ ކިލޯގެ ޑްރަގާ އެކު ރާއްޖެ އައި އިންޑިއާ ދެމަފިރިންގެ ބަންދުގެ މުއްދަތަށް އެއްމަސް ދުވަސް އިތުރުކޮށްފި އެވެ.
ރާއްޖެއަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށުގެ ތުހުމަތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހިފަހައްޓާފައި ވަނީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ މުހައްމަދު ޝޯއިބު (41އ) އާއި އޭނާގެ އަންހެނުން އައިޝާ (38އ) އެވެ.
މި ދެމަފިރިން ރާއްޖެ އައި އިރު ލަގެޖުގެ ތެރެއިން ފޮރުވާފައި ހުރި ދެ ކިލޯގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުންގެ އިންވެސްޓިގޭޝަން އޮފިސަަރު (އައިއޯ) ކްރިމިނަލް ކޯޓުގައި ވިދާޅުވެފައިވެއެވެ.
މި ދެމަފިރިންގެ ބަންދަށް މީގެ ކުރިން ވެސް މުއްދަތު ޖަހާފައިވެއެވެ.
ކްރިމިނަލް ކޯޓުން މި ދެމަފިރިންގެ ބަންދަށް އިއްޔެ 30 ދުވަސް ވަނީ އިތުރުކޮށްފަ އެވެ.