ENGLISH

26 ނޮވެމްބަރު 2024

ދުންފަތުގެ ގެއްލުން ރައްޔިތުންނަށް ކިޔައިދިނުމަށް ސިއްހީ ދާއިރާގެ މުވައްޒަފުން ނުކުންނަންޖެހޭ: މެޑަމް ސާޖިދާ

19 ނޮވެމްބަރު 2024

|

އާމިނަތު މައިހާ

މެޑަމް ސާޖިދާ މުހައްމަދު. --ފޮޓޯ: ރައީސް އޮފީސް

ވޭޕު ކުރުމާއި ދުންފަތުގެ ގެއްލުންތައް ރައްޔިތުންނަށް ކިޔަދިނުމަށް ސިއްހީ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކުގެ ކިބައިން ރައީސުލްޖުމުހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އެދިވަޑައިގެންފި އެވެ.

މެޑަމް ސާޖިދާ މުހައްމަދު މިކަމަށް އެދިވަދައިގަތީ މިނިސްޓްރީގެ ސިވިލް މުވައްޒަފުންގެ 52 ހަފުތާގެ މަސައްކަތުގެ އަގުވަޒަންކުރުމަށް އޮރެންޖް ހިޔާގައި ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތުގަ އެވެ.

މެޑަމް ސާޖިދާ ވިދާޅުވީ ޞިއްހީ ދާިއރާގެ މުވައްޒަފުން ވަކި ވަކި ފަރުދުންގެ ހައިސިއްޔަތުން ނުކުމެ ސަރުކާރުން ތަންފީޒުކުރަން ބޭނުންވާ ޕަބްލިކް ހެލްތު އިންޓަވެންޝަންސްތައް ޕްރޮމޯޓްކޮށް މިކަންކަން ކުރިއެރުމަށް އިތުރަށް ސަރުކާރަށް އެއްބާރުލުން ދިނުމަކީ މުހިންމު ކަމެއް ކަމަށެވެ. ސާޖިދާ ވިދާޅުވީ މިއީ ޞިއްހީ ދާިއރާއިން ކުރަން ބޭނުންވެފައިވާ ކަމެއް ކަމަށެވެ. އެހެންކަމުން ޓެކްނިކަލް މުވައްޒަފުންގެ ހައިސިއްޔަތުން ވޭޕް މަނާކުރުމާއި ދުންފަތުގެ ނުރައްކަލުން މުޅި މުޖުތަމައު ރައްކާތެރިކުރުމަށް މަސައްކަތް ކުރުމަށް ޓެކްނިކަލް މުވައްޒަފުންގެ ހައިސިއްޔަތުން ނުކުންނަންޖެހޭ ކަމަށް ވިދާޅުވިއެވެ.

މެޑަމް ވިދާޅުވީ މިއީ ހަމައެކަނި ސަރުކާރުގެ ޕޮލިސީއެއް ނޫން ކަމަށާއި މިއީ ޕަބްލިކް ހެލްތު އިންޓަވެންޝަންއެއް ކަމަށެވެ. މިކަމަށް ހެލްތު ދާއިރާގެ ފަންނީ މުވައްޒަފުންގެ ސަޕޯޓް މުހިންމުކަން އެކަމަނާ ފާހަގަކުރެއްވި އެވެ.

އެކަމަނާގެ ވަހަކަފުޅުގައި ވިދާޅުވީ ކޮންމެ ސަރުކާރެއް އޮތް ނަމަވެސް ސިވިލް ސަރވެންޓުންނަކީ އެއިރެއްގައި އަމަލުކުރަމުން އޮންނަ ސިޔާސަތުތަކާ އެއްގޮތަށް އަމަލުކުރަމުންދާ ބައެއް ކަމަށެވެ. އަދި ހިތްހަމަ ނުޖެހޭ ގޮތަށް ސިޔާސަތުތައް އޮތް ނަމަވެސް އެކަން ތަންފީޒުކުރުމަށް ފަސްޖެހޭ ބަޔަކަށް ސިވިލް ސަރވަންޓުން ނުވުމަށް އެކަމަނާ އިލްތިމާސް ކުރެއްވިއެވެ. ޚާއްސަގޮތެއްގައި ސިއްޙަތާ ގުޅިފައިވާ ކަންކަން ތަންފީޒް ކުރުމުގައި އެއްބާރުލުން ދިނުމަށް އިލްތިމާސް ކުރެއްވިއެވެ.

ރާއްޖޭގައި ވޭޕް އެތެރެ ކުރުމާއި ބޭނުން ކުރުން އަދި ވިއްކުން މަނާ ކުރުމަށް އުފައްދާފައިވާ ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނަށް މިމަހުގެ 15 އިން ފެށިގެން ވަނީ އަަމަލުކުރަން ފަށައިފަ އެވެ. 

ކިޔުންތެރިންގެ ހިޔާލު