ENGLISH

17 ޖޫން 2025

Advertisement

އެއާ އިންޑިއާގެ ބޯޓަކަށް މައްސަލައެއް ދިމާވެ ހޮން ކޮންގުގައި ޖައްސައިފި

16 ޖޫން 2025

|

ހަސަން އާމިރު

އެއާ އިންޑިއާގެ މަތިންދާބޯޓަކަށް ޓެކްނިކަލް މައްސަލައެއް ދިމާވެ ހޮން ކޮންގ އެއާޕޯޓަށް ޖައްސައިފި އެވެ.

މިއީ ހޮން ކޮންގ އިންޓަނޭޝަނަލް އެއާޕޯޓާއި ނިއު ދިއްލީގެ އިންދިރާ ގާނދީ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު އޮޕަރޭޓް ކުރާ ބޯޓެކެވެ. ފްލައިޓް ނަމްބަރު އޭއައި315 ހޮން ކޮންގ އެއާޕޯޓުން ފުރިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އަނބުރާ ޖައްސާފައިވާ ކަމަށް އެއާ އިންޑިއާ އޮޕަރޭޓްކުރާ ޓާޓާ ގްރޫޕުން ވަނީ ޔަގީންކޮށްދީފަ އެވެ.

ބޯއިން 787 ގެ ޑްރީމްލައިނާ ބޯޓަށް ދިމާވި މައްސަލަ މިހާރު ދަނީ ބަލަމުންނެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެ އެވެ.

ހޮން ކޮންގ އެއާޕޯޓަށް ބޯޓު ޖެއްސުމަށް ބޯޓުން ވަނީ މީހުން ބާލައިފަ އެވެ. 

އެއާ އިންޑިއާގެ ޑްރީމްލައިނާ ބޯޓަކަށް މި ހާދިސާ ދިމާވެފައި ވަނީ އިންޑިއާގެ އަހުމަދުއާބާދުން ލަންޑަނަށް ދާން ފުރި އެ އެއާލައިނުގެ ބޯޓަށް ވެއްޓިފައި ވަނިކޮށެވެ. މެޑިކަލް ކޮލެޖެއްގެ ޑޮކްޓަރުންގެ ހޮސްޓެލް އަށް އެ ބޯޓު ވެއްޓުނު ހާދިސާގައި މިހާތަނަށް ވަނީ 270 މީހުން މަރުވެފަ އެވެ. އޭގެ ތެރޭގައި ބޯޓުން ދަތުރުކުރި 241 މީހަކު ހިމެނެ އެވެ. ބޯޓު ވެއްޓުނު ހާދިސާގައި ސަލާމަތްވީ އެންމެ މީހެކެވެ. އަހުމަދުއާބާދަށް ވެއްޓިފައި ވަނީ ވެސް ޑްރީމްލައިނާ މަރުކާގެ ބޯޓެކެވެ. 

ކިޔުންތެރިންގެ ހިޔާލު