ENGLISH

18 އޭޕްރީލު 2025

Advertisement

ތިމާވެށީގެ ދާއިރާގެ ކާމިޔާބީތައް ހިއްސާކުރަން ސެމިނަރތަކެއް ފަށައިފި

19 ނޮވެމްބަރު 2024

|

އާމިނަތު ޔުމްނާ

ސެމިނަރ ސީރީޒް ގެ ތެރެއިން

މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާބެހޭ ވުޒާރާއާ ގުޅިފައިވާ އޮފީސްތަކުން މިދިޔަ އަހަރު ހޯދި ކާމިޔާބީތައް ހާމަކުރުމަށް ހަތަރު ދުވަހުގެ ސެމިނަރ ސީރީޒެއް ފަށައިފައެވެ.

މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ބިޒްނަސް ސްކޫލުގެ އޮޑިޓޯރިއަމްގައި  މި ސެމިނާތައް ކުރިއަށްދާނީ ކޮންމެ ދުވަހަކު ވެސް ހެނދުނު 9:00 އިން 11:00 އަށް ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

މިއަދު ފެށި ފުރަތަމަ ދުވަހުގެ ސެމިނަރ ޚާއްސަކުރެވިފައިވަނީ ކުނި މެނޭޖުކުރުމުގެ ދާއިރާއަށެވެ. މިއަދުގެ ސެމިނަރގައި އެ ދާއިރާއިން ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ޕްރެޒެންޓޭޝަނަކާއި ޕެނަލް ޑިސްކަޝަނެއް ކުރިއަށް ގެންދިޔައެވެ.

ދެވަނަ ދުވަހުގެ ސެމިނަރ ޚާއްސަ ކޮށްފައިވަނީ ފެނާއި ނަރުދަމާ އަދި ހަކަތައިގެ ދާއިރާއަށެވެ. މި ޕެނަލް ޑިސްކަޝަންގެ މައުޟޫއަކީ ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމާއި، ފެނާއި ނަރުދަމާގެ ވަސީލަތްތައް ދެމެހެއްޓުމެވެ. މި ޕެނަލްގައި އިންޑަސްޓްރީ އެކްސްޕާޓުންނާއި، ވޯޓަރ އެންޑް ސެނިޓޭޝަންގެ ޑިރެކްޓަރ ޖެނެރަލް އަދި ޔުޓިލިޓީ ކުންފުނީގެ އިންޖިނިއަރެއް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

މިނިސްޓްރީން ބުނީ މި ސެމިނަރ ސީރީޒްއަށް ޝައުޤުވެރިވާ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު