ENGLISH
24 ޖޫން 2025
އެފްއޭއެމުން ކްލަބްތަކަށް ދޭ ސަބްސިޑީ ކުލަބު އިސްވެރީންގެ އަމިއްލަ އެކައުންޓަށް ޖަމާކޮށް ޚިޔާނާތްތެރިވި މައްސަލަ ބަލަނީ
10 ޖޫން 2025
|
އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް ޢަދީލް ޖަލީލް
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) އިން ކްލަބުތަކަށް ދެމުންދާ ސަބްސިޑީ، އެ ކްލަބުތަކުގެ އިސްވެރިންގެ އަމިއްލަ އެކައުންޓުތަކަށާއި އެ ފަރާތްތައް ހިއްސާވާ ކުންފުނިތަކަށް ޖަމާކޮށް، އެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާކަން ފާހަގަކުރެވި، އެ މައްސަލައިގެ ތަހުޤީޤު ކުރިއަށްގެންދާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.
އެފްއޭއެމްގެ ޚިޔާނާތުގެ ތަހުޤީޤާއި ގުޅޭގޮތުން ފުލުހުން މިއަދު ބުނީ އެ އެސޯސިއޭޝަނަށް ބޭރުގެ ފަރާތްތަކުން ލިބޭ އެހީގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށް، މަނީ ލޯންޑްރިންގެ ޢަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުޤީޤު މިހާރު ވެސް ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ ކުރަމުން ކަމަށެވެ.
އެގޮތުން، އެފްއޭއެމްގެ ކުރީގެ ރައީސް، ކ. މާލެ / ގ. ފަހިވާގެ، ބައްސާމު ޢަދީލް ޖަލީލް ހިއްސާވާ ކުންފުންޏަކަށާއި، އެފްއޭއެމްގައި އޭރު މަސައްކަތްކުރި ފަރާތްތަކުގެ އެކައުންޓުތަކަށް އެފްއޭއެމްގެ ފައިސާ ޖަމާކޮށް، އެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ވެސް ހިމެނޭ ކަމަށެވެ.
މީގެ އިތުރުން، އެފްއޭއެމްއިން ކްލަބުތަކަށް ދެމުންދާ ސަބްސިޑީ، އެ ކްލަބުތަކުގެ އިސްވެރިންގެ އަމިއްލަ އެކައުންޓުތަކަށާއި އެ ފަރާތްތައް ހިއްސާވާ ކުންފުނިތަކަށް ޖަމާކޮށް،އެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާކަން ފާހަގަކުރެވި، އެ މައްސަލައިގެ ތަހުޤީޤު ވެސް ކުރިއަށްދާ ކަމަށެވެ.
ޚިޔާނާތުގެ މައްސަލަތަކާއި ގުޅިގެން ބައްސާމްގެ މައްޗަށް މިހާރު ވެސް ވަނީ ދަޢުވާތަކެއް އުފުލާފަ އެވެ.