ENGLISH

02 ޖުލައި 2025

Advertisement

ޝައިޚް ފަރީދުގެ ޖަނާޒާ މާދަމާ މެންދުރު ނަމާދަށް ފަހު

10 ޖޫން 2025

|

އަޙުމަދު ޙަމީދު

ޝެއިޚް ފަރީދު

ދީނީ ޢިލްމުވެރިޔާ ޝައިޚް އިބްރާހިމް ފަރީދު އަޙްމަދުގެ ޖަނާޒާ މާދަމާ މެންދުރު ނަމާދަށް ފަހު ބޭއްވުމަށް ހަމަޖައްސައިފި އެވެ.

މެލޭޝިޔާ ގައި ހުންނަ ދިވެހި އެމްބަސީން ވަނީ ޝައިޚް ފަރީދުގެ ޖަނާޒާ މާދަމާ މެންދުރު ނަމާދަށް ފަހު ބޭއްވުމަށް ހަމަޖައްސާ އެކަން ހާމަކޮށްފަ އެވެ. ޖަނާޒާ އޮންނާނީ ރާޖާ ހާޖީ ފީސަބީލީﷲ މިސްޖިދު ގަ އެވެ. ވަޅުލަން ހަމަޖެހިފައި ވަނީ ތަނާހް ޕްރަކުބުރަން އިސްލާމް ރައުދުލް ބަޤީގަ އެވެ.

އުމުރުން 53 އަހަރުގައި ޝައިޚް ފަރީދު ނިޔާވީ އިއްޔެ މެލޭޝިޔާގަ އެވެ.

ޝެއިޙް ނިޔާވީ އިސްލާމީ ވޯކްޝޮޕަކަށް މެލޭޝިޔާއަށް ވަޑައިގެންނެވިތަނާ އެއާޕޯޓްގައި ހުންނަވަނިކޮށެވެ.

ޝެއިޚް ފަރީދުގެ ޢާއިލާ އިން ބޭނުންވީ ޝެއިޚްގެ ހަށިގަނޑު ރާއްޖެ ގެނެސް ޖަނާޒާ ބޭއްވުމަށެވެ. ނަމަވެސް އެކަން ކުރެވެން އޮތީ ޝެއިޚްގެ ޕޯސްޓްމޯޓަމް ހެދުމަށް ފަހު އެވެ. އެ ނިންމުން ބަދަލުކޮށް މެލޭޝިޔާގައި ޖަނާޒާ ބޭއްވުމަށް ނިންމީ އެހެން ވެގެންނެވެ.

ކިޔުންތެރިންގެ ހިޔާލު