ENGLISH
24 ޖޫން 2025
ރަޝީދު އަވަހާރަވުމާއި ގުޅިގެން މަޖިލީހުން ތަޢުޒިޔާ ކިޔައިފި
10 ޖޫން 2025
|
ކުރީގެ މެންބަރު ރަޝީދު
18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ މެންބަރުކަން ކުރެއްވި، އަޙްމަދު ރަޝީދު އަވަހާރަވުމާ ގުޅިގެން އެމަރުޙޫމްގެ އާއިލާއަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި މެންބަރުންގެ ނަންފުޅުގައި ތަޢުޒިޔާ ކިޔައިފި އެވެ.
މަޖިލީހުން މިއަދު ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ގައްދޫ ދާއިރާގެ މެންބަރުކަން ކުރެއްވި،އަޙްމަދު ރަޝީދު އަވަހާރަވުމާ ގުޅިގެން އެމަރުޙޫމްގެ އާއިލާއަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި މެންބަރުންގެ ނަންފުޅުގައި ނުހަނު އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވާ ކަމަށެވެ.
ރަޝީދު އަވަހާރަވީ، އެނގިފައިވާ ގޮތުގައި، ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށް ފަހު އެވެ.
އަހުމަދު ރަޝީދު 18 ވަނަ މަޖިލީހަށް އިންތިޚާބުވެވަޑައިގެންނެވީ ޕީޕީއެމް ޓިކެޓުގަ އެވެ. އޭނާ ވަނީ މަޖިލީހުގެ އެ ދައުރުގައި ހަތަރު ކޮމިޓީއެއްގައި މަސައްކަތް ކުރައްވައިފަ އެވެ.
އަހުމަދު ރަޝީދުގެ ޖަނާޒާ މިއަދުގެ މަޣްރިބު ނަމާދަށް ފަހު ބޭއްވުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.