ENGLISH

03 ޖުލައި 2025

Advertisement

ފަރީދުގެ ޖަނާޒާ މެލޭޝިޔާގައި، ރާއްޖޭގެ ހުރިހާ ރަށެއްގައި ޣައިބަށް ކަށުނަމާދު ކުރަނީ

10 ޖޫން 2025

|

އަޙުމަދު ޙަމީދު

ޝެއިޚް ފަރީދު

އިއްޔެ ކުއްލި ގޮތަކަަށް ނިޔާވި ދީނީ ޢިލްމުވެރިޔާ ޝައިޚް އިބްރާހިމް ފަރީދު އަޙްމަދުގެ ޖަނާޒާ މެލޭޝިޔާގައި ބޭއްވުމަށް ނިންމައިފި އެވެ.

ޝެއިޚް ފަރީދު ނިޔާވީ ކުއްލި ގޮތަކަށް މެލޭޝިޔާގަ އެވެ. މެލޭޝިޔާއަށް ވަޑައިގެންނެވީ ބައްދަލްވުމަކަށް އިއްޔެ އެވެ. 

ނިޔާވީ އެއާޕޯޓަށް ފެއިބިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ވެއްޓިގެން ފަރުވާ ދެމުން ދަނިކޮށެވެ. 

އާއިލާ އިން ފުރަތަމަ މަސައްކަތް ކުރީ ޝެއިޚްގެ ހަށިގަނޑު މާލެ ގެންނާށެވެ. ނަމަވެސް ޕޯސްޓްމޯޓަމް ހަދަން ޖެހޭތީ އެ ނިންމުން ބަދަލުކުރީ އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ދެންމެ ވިދާޅުވީ ޝައިޚު ފަރީދުގެ ޖަނާޒާގެ ކަންކަން މެލޭޝިޔާގައި ކުރިއަށް ގެންދަވަން އާއިލާއިން ނިންމަވާފައިވާތީވެ، ޝައިޚުގެ މައްޗަށް ރާއްޖޭގައި ޣައިބަށް ކަށު ނަމާދު ކުރުމާމެދު ވަރަށް ގިނަ ފަރާތްތަކުން އެދެމުންދާ ކަމަށެވެ.

އަދި ވިދާޅުވީ މި ހަފްތާގެ ހުކުރު ދުވަހުގެކުރިން މެލޭޝިޔާގައި ވަޅުލައިފި ނަމަ، ހުކުރު ދުވަހު ހުކުރު ނަމާދަށް ފަހު، ރާއްޖޭގެ ހުކުރުކުރާ ހުރިހައި މިސްކިތެއްގައި ޝައިޚު ފަރީދުގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރަށް މިނިސްޓްރީން ވަނީ ނިންމާފައި ކަމަށާ ޖަނާޒާގެ ކަންކަން ދާ ގޮތް އިއުލާނު ކުރާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު