ENGLISH
03 ޖުލައި 2025
ރައީސުލްޖުމްހޫރިއްޔާ، ޕޯޗުގަލްގެ ގައުމީ ދުވަހުގެ ތަހުނިޔާ އެގައުމުގެ ރައްޔިތުންނަށް ފޮނުއްވައިފި
10 ޖޫން 2025
|
މިއަދު ފާހަގަކުރާ ޕޯޗުގަލްގެ ގައުމީ ދުވަހުގެ ތަހުނިޔާ، އެގައުމުގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވައިފިއެވެ.
ޕޯޗުގަލްގައި ގައުމީ ދުވަސް ފާހަގަކުރަނީ ޕޯޗުގަލް ދުވަހުގެ ގޮތުގައެވެ. ރައީސް މީސްމީޑިއާގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ޕޯޗުގަލް ދުވަހުގެ ތަހުނިޔާ އެގައުމުގެ ރައީސް މާސެލޯ ރެބެލޯ ޑި ސޯސާ އާއި ބޮޑުވަޒީރު ލުއިސް މޮންޓެނީގްރޯއަށް ފޮނުއްވާ ކަމަށެވެ. ރައީސްގެ ތަހުނިޔާގައި ވަނީ އެ ދެ ބޭފުޅުންނާއެކު އެގައުމުގެ ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ ކިޔުއްވައިފައެވެ.
ރައީސް އިތުރަށް ވިދާޅުވީ، ޕޯޗުގަލްއާއެކު މަޝްވަރާކުރާ ކޮންމެ ދާއިރާއަކުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށެވެ. އަދި، އެ ހުރިހާ ދާއިރާއަކުން އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެރުއްވިއެވެ.
މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އެ މަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓު މެދުވެރިކުރައްވައި އާންމުކުރެއްވި މެސެޖެއްގައިވެސް، ޕޯޗުގަލް ދުވަހުގެ ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ. މި މެސެޖުގައި، މި އަހަރަކީ ދިވެހިރާއްޖެއާއި ޕޯޗުގަލްއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 30 އަހަރު ފުރޭ އަހަރުކަން ފާހަގަކުރައްވައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވެއެވެ.