ENGLISH
03 ޖުލައި 2025
ސުޕްރީމް ކޯޓަށް އައްޔަނުކުރާ ފަނޑިޔާރުންނަށް ރުހުންދިނުން މާދަމާ
10 ޖޫން 2025
|
ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މާދަމާ ބާާއްވާ ގޮތަށް ހަމަޖައްސައިފި އެވެ. މި ޖަލްސާއަށް ވަނީ މުހިއްމު މަސައްކަތްތަކެއް އެޖެންޑާކޮށްފަ އެވެ.
މިއަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ނިންމާލުމަށްފަހު ދެ ހަފްތާގެ ޗުއްޓީއަކަށްް ފަހު ދެވަނަ ދައުރުގެ މަސައްކަތް މަޖިލީހުން ފެށީ މިދިޔަ ހޯމަ ދުވަހު އެވެ. އެކަމަކު އޭގެ ފަހުން ޖަލްސާއެއް ބާއްވާފައެއް ނުވެއެވެ. ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބުނާގޮތުން ހަފްތާއަކު ތިން ދުވަހު ޖަލްސާތައް ބާއްވަން ޖެހެ އެވެ.
މާދަމާ ބާއްވާ ޖަލްސާގެ އެޖެންޑާގައި ހިމަނާފައިވާ އެންމެ މުހިއްމު މަސައްކަތަކީ ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަނުކުރުމަށްޓަކައި ރައިސުލްޖުމްހޫރިއްޔާ މަޖިލީހަށް ނަން ފޮނުއްވި ބޭފުޅުންނަށް ރުހުން ދިނުމެވެ.
ރައީސް މަޖިލީހަށް ހުށަހެޅުއްވި ގޮތަށް، އެ މައްސަލަ ދިރާސާކުރި ޖުޑިޝަރީ ކޮމިޓީން ވަނީ މިދިޔަ ހަފްތާގައި، ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދަށް ރުހުން ދިނުމަށް ނިންމާފަ އެވެ. އެހެންކަމުން މާދަމާގެ ޖަލްސާގައި އެ މައްސަލައަށް ތަޅުމުގައި ވޯޓަށް އަހާނެ އެވެ.
މާދަމާގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން ދާންދޫ ދާއިރާގެ މެމްބަރު މުހައްމަދު ފަޒީލް ހުށަހަޅުއްވާފައިވާ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސް ކުރިއަށް ގެންދިއުމަށް ނިންމާފައިވެ އެވެ. ހަމައެއާއެކު ނޭޕާލަށް ނޮން ރެޒިޑެންޓް ސަފީރަކު އައްޔަނުކުރުމުގެ މައްސަލަ ވެސް ކުރިއަށް ގެންދިއުމަށް ނިންމާފައިވެ އެވެ.