ENGLISH

03 ޖުލައި 2025

Advertisement

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޕޯސްޓުގެ ޚިދުމަތް ފަށަނީ

10 ޖޫން 2025

|

އިސްމާއީލް ރާތިއު

ޕޯސްޓު އޮފީސްގެ މައި އިދާރާ-- ފޮޓޯ: އެމްއެމްޓީވީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޕޯސްޓުގެ ހިދުމަތް ފެށުމަށް، މޯލްޑިވްސް ޕޯސްޓު ލިމިޓެޑުން ތައްޔާރުވާން ފަށައިފި އެވެ.

އެ ކުންފުނިން ކުރި އިއުލާނެއްގައި ބުނެފައިވަނީ، ޕޯސްޓުގެ ޚިދުމަތް ދިނުމަށް ބޭނުންކުރެވޭނެ އިމާރާތެއް ކުއްޔަށް ހިފުމަށް ބޭނުންވާ ކަމަށާއި މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ގެޒެޓް ކޮށްފައިވާ މައުލޫމާތު ޝީޓަށް ބިނާކޮށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދޭ ކަމަށެވެ. ޕްރޮޕޯސަލް ހުށަހެޅުން އޮންނާނީ މިމަހުގެ 18 ވަނަ ދުވަހުގެ 14:45 ގައި ޕޯސްޓު ބިލްޑިންގައެވެ.

ޕޯސްޓް ލިމިޓެޑުން ގެޒެޓު ކޮށްފައިވާ މައުލޫމާތު ކަރުދާހުގައި ބުނެފައިވަނީ ކުއްޔަށް ހިފަން ބޭނުންވަނީ މިހާރުން މިހާރަށް ބޭނުންކުރެވޭ ގޮތަށް ހުރި އިމާރާތެއް ކަމަށާއި އެ އިމާރާތް ވާން ޖެހޭނީ ގްރައުންޑު ފްލޯގައި ހުރި، 1700 އަކަފޫޓަށްވުރެ ކުޑަނޫން ތަނަކަށް ކަމަށެވެ. އަދި، އިމާރާތް ކުއްޔަށް ހިފަން ބޭނުންވަނީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށްވެސް އިއުލާނުގައި ބުނެފައިވެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޕޯސްޓުގެ ޚިދުމަތް ފެށުމުގެ މަސައްކަތް ޕޯސްޓް ލިމިޓެޑުން ފަށާފައި މި ވަނީ ޗައިނާގެ ޓީމޫ އިން ރާއްޖެއަށް މުދާ ފޮނުވައިދޭން ފެށުމުން ޕޯސްޓަށް ބާރުބޮޑުވެ، ބެކްލޮގް ބޮޑުވެފައި ވަނިކޮށެވެ. ޕޯސްޓް ލިމިޓެޑުން ދާދި ފަހުން ވަނީ، އެކުންފުނީގެ ވަޒީފާއަށް އިތުރު މުވައްޒަފުން ނަގަން އިއުލާނު ވެސް ކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު