ENGLISH

01 ޖުލައި 2025

Advertisement

ކޯޕަރޭޓް މޯލްޑިވްސްގެ "ބިޒްވީކް" މި މަހު ބާއްވަނީ

10 ޖޫން 2025

|

އިސްމާއީލް ރާތިއު

ރާއްޖޭގައި އެންމެ ނަންހިނގާ ބީ2ބީ ނެޓްވޯކިންގ އިވެންޓް ކަމަށްވާ ކޯޕަރޭޓް މޯލްޑިވްސް ބިޒްވީކް 2025، މި މަހުގެ 18 އިން 19 އަށް ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.

އެކި ދާއިރާތަކުގެ ވިޔަފާރިތަކާއި، ޕްރޮފެޝަނަލުންނާއި، ނިންމުންތައް ނިންމާ ފަރާތްތައް ގުޅުވައިދިނުމަށް ފަރުމާކުރެވިފައިވާ ދެ ދުވަހުގެ މި ހަރަކާތް ކުރިއަށް ދާނީ ކުރިއާލާ ރެޖިސްޓްރީކޮށް ބައްދަލުވުންތައް ޝެޑިއުލްކުރެވިގެންނެވެ. އަދި މީގެ އިތުރަށް މި އިވެންޓުގައި 5،000 އަށް ވުރެ ގިނަ ޕްރީ ޝެޑިއުލް ބައްދަލުވުންތައް ކުރިއަށްދާނެ އެވެ. މި އިވެންޓަކީ ބްރޭންޑްތައް ދައްކާލައި ފުޅާކުރުމުގެ މަގްސަދުގައި ހިންގާ ވިޔަފާރިއަކަށް ވިޔަސް ނުވަތަ ދިވެހި ވިޔަފާރީގެ މާހައުލަށް އަލަށް ވަންނަން ބޭނުންވާ ފަރާތްތައް ކަމަށް ވިޔަސް އަދި ރާއްޖޭގެ ވިޔަފާރި ދާއިރާގައި ހުރި ފުރުސަތުތައް ދެނެގަތުމަށް ބޭނުންވާ ފަރާތްތަކަށް ވެސް ހުޅުވާލެވިފައިވާ އިވެންޓެކެވެ. އަދި މި އިވެންޓުގައި ކޮންމެ މީހަކަށްވެސް ބައިވެރި ވުމުގެ ފުރުސަތު ވަނީ ހުޅުވިފައެވެ. އިވެންޓުގައި ރަޖިސްޓްރީ ކުރައްވާނީ network.corporatemaldives.com/register މެދުވެރިކޮށެވެ. ވީހާވެސް ފަސޭހައިން އިވެންޓުގައި ރަޖިސްޓްރީވުމުގެ ކަންތައް ފަހިކޮށްދިނުވަށް، ރަޖިސްޓްރީކުރާނެ ގޮތާއި ޕްރޮފައިލް ހެދުމާއި ބައްދަލުވުތައް ޝެޑިއުލްކުރާނެ ގޮތް ލިންކުގައި ހިމަނާފައިވެއެވެ.

އިވެންޓުގައި ބައިވެރިވެވޭނެ ގިންތިތައް:

ވިޔަފާރިތައް: ސްޓޯލް ބެހެއްޓުމަށާއި ބައިވެރިވުމަށް ފީއެއް ދައްކަން ޖެހޭނެއެވެ. ނަމަވެސް، ރަޖިސްޓަރކޮށްފައިވާ ހުރިހާ ވިޔަފާރިތަކަށް ވެސް ކުރިން ޝެޑިއުލްކޮށްފައިވާ ބައްދަލުވުންތަކުގެ ޖާގަ ލިބެން ހުރި މިންވަރަކުން، ބައްދަލުވުންތަކުގެ ލައުންޖަށް ހިލޭ ވަދެވޭނެއެވެ.

ޕްރޮފެޝަނަލުން: ބައިވެރިވާން އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭނެއެވެ. އެޗްއާރު، ފައިނޭންސް، ޕްރޮކިއުމަންޓް، ސޭލްސް، މާކެޓިންގ، ކާބޯތަކެތި، އިންޖިނިއަރިންގ، އާ ޓެކްނޮލޮޖީ، ނުވަތަ ވަޒީފާގެ ފުރުސަތުތައް ހޯދަމުންދާ ފަރާތްތަކަށް ބައިވެރިވެ، އިންޑަސްޓްރީގެ އިސް ފަރާތްތަކާ ގުޅުން ބަދަހިކުރުމުގެ ފުރުސަތު ބިޒްވީކްގެ ތެރެއިން ފަހިވާނެއެވެ.

އިވެންޓުގައި ކުރިއަށްދާނެ ހަރަކާތްތައް:

ސީއީއޯ ސަމިޓް: ކޯޕަރޭޓް މޯލްޑިވްސްގެ "ސީއީއޯ ސަމިޓް" ބޭއްވުމަށް ހަމަޖެހިފައި ވަނީ 18 ޖޫން ވާ ބުދަ ދުވަހުގެ މެންދުރުފަހު، 2:00 އިން ހަވީރު 5:00 އަށް ހޮޓެލް ޖެންގައެވެ. މި ސަމިޓުގައި އެންމެ މަތީ ފަންތީގެ ވެރިންނާއި ސަރުކާރުގެ ސްޓޭކްހޯލްޑަރުން އެއްތަނަކަށް ޖަމާވެ މަޝްވަރާކުރާނެއެވެ. މި ސަމިޓުގެ ތީމަކީ "ދެމެހެއްޓެނިވި އިޤްތިޞާދެއް ބިނާކުރުން" އެވެ. މި ސަމިޓުގައި ގްރޫޕް މަޝްވަރާތަކާއި ޚާއްސަކޮށް އިންތިޒާމުކުރެވިފައިވާ ނެޓްވޯކިންގ ސެޝަންތައް ހިމެނޭނެއެވެ. މިކަންކަމުގެ މަގުސަދަކީ ދެމެހެއްޓެނިވި އިޤްތިޞާދެއް ބިނާކުރުމަށްޓަކައި އަމަލީ ގޮތުން ކުރެވޭނެ ކަންކަން ކަނޑައެޅުމެވެ. އަދި މި ދާއިރާގެ ކަމާބެހޭ ތަޖުރިބާކާރުންގެ މެދުގައި މަޝްވަރާކުރެވި އާ ވިސްނުންތަކާއި އާ ޚިޔާލުތައް ދެނެގަތުމެވެ.

ނެޓްވޯކް މީޓިންގތައް: މި ބައްދަލުވުންތައް ކުރިއަށް ދާނީ 19 ޖޫންވާ ބުރާސްފަތި ދުވަހު ހެނދުނު 10:00 އިން ރޭގަނޑު 10:00 އަށް މީރުމާ ކޮންފަރެންސް ފެސިލިޓީގައެވެ. މިއީ މުޅި ދުވަހަށް ރޭވިފައިވާ ބައްދަލުވުންތަކެކެވެ. މިއީ ޕްރޮފެޝަނަލުންނާއި އެކި ދާއިރާތަކުގެ ކަމާ ގުޅުންހުރި ފަރާތްތަކާއި ވިޔަފާރިތައް އެއްތަނަކުން ބައްދަލުކުރުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ. މި ބައްދަލުވުމުގައި ކުރިއާލާ ރޭވިފައިވާ ވަން-ޓު-ވަން ބައްދަލުވުންތައް ބޭއްވުމަށާއި، ހުނަރުވެރި މުވައްޒަފުން ހޯދުމާއި، ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމަށް ފުރުސަތު ލިބޭނެއެވެ. މިއީ ހުރިހާ ފަރާތްތަކަށް ވެސް ހުޅުވާލެވިގެން ކުރިއަށްގެންދާ އިވެންޓެކެވެ.

އިވެންޓުގެ ތެރެއިން ކުރިއަށްދާނެ މުހިންމު ކަންކަން:

ޕްރޮޑަކްޓް ލޯންޗްކުރުން: ކުންފުނިތަކުގެ އާ ޕްރޮޑަކްޓުތަކާއި ޚިދުމަތްތައް ތައާރަފުކުރުމުގެ ފުރުސަތު މި އިވެންޓުގެ ތެރެއިން ލިބޭނެއެވެ. މި ހަރަކާތް ކުރިއަށްދާނީ މައި ނެޓްވޯކިންގ ފްލޯގައި، ގިނަ ބަޔަކަށް ފެންނާނެ ގޮތަށެވެ.

ވިޔަފާރި ސެމިނަރތައް: މި އިވެންޓުގެ ތެރެއިން ތަޖުރިބާކާރުން މެދުވެރިކޮށް ކުރިއަށްގެންދާ ސެޝަންތަކާއި ޕެނަލް ޑިސްކަޝަންތައް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. މި ސެޝަންތަކުން ވިޔަފާރީގެ މުހިންމު ޓްރެންޑުތަކާއި ސްޓްރެޓެޖީތަކާ ގުޅޭ އަގުހުރި މައުލޫމާތު ލިބޭނެއެވެ.

ކޯޕަރޭޓް މޯލްޑިވްސް ބިޒްވީކް 2025 ގެ އެކްސްކްލޫސިވް ބޭންކިންގ ޕާޓްނަރަކީ ބޭންކް އޮފް މޯލްޑިވްސް އެވެ. ޕްލެޓިނަމް ޕާޓްނަރުންނަކީ އޫރީދޫ މޯލްޑިވްސް އަދި ދިރާގު އެވެ. އިވެންޓް ޕާޓްނަރުންގެ ތެރޭގައި ޓްރާންސް މޯލްޑިވިއަން އެއަރވޭސް، ވެލިގާ، އިވެންޓް މޯލްޑިވްސް، މެޑްޓެކް އަދި ޕްރިންޓް ލެބް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު