ENGLISH

05 ޖުލައި 2025

Advertisement

ދީނީ ޢިލްމުވެރިޔާ ޝައިޚް ފަރީދު ނިޔާވެއްޖެ

09 ޖޫން 2025

|

އަޙުމަދު ޙަމީދު

ޝެއިހް ފަރީދު

ދީނީ ޢިލްމުވެރިޔާ ޝައިޚް އިބްރާހިމް ފަރީދު އަޙްމަދު ނިޔާވެއްޖެ އެވެ.

ޝެއިޚް ފަރީދު ނިޔާވީ ކުއްލި ގޮތަކަށް މެލޭޝިޔާގަ އެވެ. މެލޭޝިޔާއަށް ވަޑައިގެންނެވީ ބައްދަލްވުމަކަށް މިއަދު އެވެ. 

ނިޔާވީ އެއާޕޯޓަށް ފެއިބިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ވެއްޓިގެން ފަރުވާ ދެމުން ދަނިކޮށެވެ.

ޝެއިހް ފަރީދު ވަނީ ރާއްޖޭގައި ދީނީ ދަޢުވަތު ފެތުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރައްވާފަ އެވެ. އެ ގޮތުން ޝެއިޚް ފަރީދު ކުރިއަށް ގެންދެވި ސިލްސިލާ ބޮޑެތި ދަރުސްތަކަކީ އެ ދަރުސްތަކުން ވަރަށް ގިނަ ބަޔަކަށް ހެޔޮ މަންފާ ކުރި އަދި އާންމުންގެ ވަރަށް ބޮޑު ޝައުޤުވެރިކަމާއި ތަރުޙީބެއް ލިބިގެން ދިޔަ ދަރުސްތަކެކެވެ.

ދަރުސް ދެއްވުމަށް ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް ވަޑައިގެންނެވި އެވެ. 

ކިޔުންތެރިންގެ ހިޔާލު