ENGLISH

05 ޖުލައި 2025

Advertisement

ބޭރުން އެހީ ހޯދަނީ މިނިވަންކަމުގެ ރޮނގު ހުރަސްނުވާނެ ގޮތަށް: މިނިސްޓަރު

09 ޖޫން 2025

|

އުމްނާ އިސްމާޢީލް

މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ އަބްދުﷲ ޚަލީލް

ބޭރު ގައުމުތަކާއި އެކު ގުޅުން ބަދަހިކޮށް، އެހީ ހޯދަނީ ރާއްޖޭގެ މިނިވަންކަމުގެ ރޮނގު ހުރަސްނުވާނެ ގޮތަށް ކަމަށް ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް މިއަދު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިޔާ ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ވަޒީރު ވަނީ، މި ސަރުކާރުގެ ޚާރިޖީ ސިޔާސަތާއި ގުޅިގެން ވާހަކަދައްކަވާފަ އެވެ. ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މައިގަނޑު ސިޔާސަތަކީ " އެންމެ ފުރަތަމަ ދިވެހި ގައުމު، ދިވެހި ރައްޔިތުން"ކަން ފާހަގަކުރައްވަމުން ޑރ. ޚަލީލް ވިދާޅުވީ ގައުމުގެ މަސްލަހަތު ބޭރު ދުނިޔޭގައި ހިމާޔަތްކުރެވޭނެ ކޮންމެ ގޮތަކަށް އެމަނިކުފާނު މަސައްކަތް ކުރައްވާނެ ކަމަށެވެ.

އެގޮތުން، ދުނިޔޭގެ ކޮންމެ ގައުމަކާއި އެކު މުއާމަލާތްކުރުމުގައި، އަދި އެހީ ހޯދުމުގައި ވެސް މި ސަރުކާރުން އެންމެ އިސްކަމެއް ދޭނީ ޑރ. ޚަލީލް ވިދާޅުވި ގޮތުގައި ރާއްޖޭގެ މިނިވަންކަަމާއި އިސްތިގުލާލު ދެމެހެއްޓުމަށެވެ.

"ދުނިޔޭގެ ކޮންމެ ގައުމަކާ އެއްކޮށްވެސް މުއާމަލާތްކުރުމުގައި އެ ގައުމުތަކުން އެހީ ހޯދުމުގައި އަދި އެ ގައުމުތަކާއިި އެކު ގުޅުން ގާއިމުކުރުމުގައި އެންމެ ބޮޑު އިސްކަމެއް އެ ދެއްވަނީ ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު އެއީ އެންމެ އިސް ކަމެއްގެ ގޮތުގައި ބައްލަވައިގެން އެމަނިކުފާނު ކުރިއަށް އެ ގެންދަވަނީ. އެހެންވީމާ އެމަނިކުފާނުގެ މައިގަނޑު ސިޔާސަތުތައް ދެމެހެއްޓުމުގައި ދިވެހިރާއްޖޭގެ ޚާރިޖިއްޔާއިން އެންމެ ބޮޑު މުހިއްމު ދައުރެއް އަދާކުރަމުން އެ ގެންދަނީ.' ޚަލީލް ވިދާޅުވި އެވެ.  

 ދުނިޔޭގެ އެކި ގައުމުތަކާއި އެކު ވަރަށް ގާތް ގުޅުންތަކެެއް ގާއިމުކުރަމުންދާކަން ފާހަގަކުރައްވަމުން ވަޒީރު ވަނީ އޭގެ ތެރޭގައި ޗައިނާ، އިންޑިއާ ފަދަ "ސްޓްރެޓީޖިކް" ގައުމުތައް ވެސް ހިމެނޭ ކަމަށް ވިދާޅުވެފަ އެވެ.  އެފަދަ ބޮޑެތި ގައުމުތަކާއި ޔޫރަޕިއަން ޔޫނިއަން ފަދަ ޔޫނިއަންތަކާއި އެކު ގުޅުން ބަދަހިކުރަމުންދަނީ މިނިސްޓަރު ވިދާޅުވި ގޮތުގައި، މިނިވަންކަމުގެ ރޮނގު ހުރަސްނުވާނެ ގޮތަށެވެ.

ކިޔުންތެރިންގެ ހިޔާލު