ENGLISH
05 ޖުލައި 2025
ޑިޖިޓަަލް ބޮޑު ބަދަލުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާނީ ކައުންސިލުތަކުން: އާދަމް ޝަރީފު
09 ޖޫން 2025
|
އިދާރީތައް ހިންގުމާ ބެހޭ ވަޒީރު އާދަމް ޝަރީފު އުމަރު، ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ތަސައްވުރާ އެއްގޮތަށް ރާއްޖޭގެ ހިންގުމުގެ ނިޒާމު ޑިޖިޓަލައިޒްކުރުމުގެ މަސައްކަތުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާނީ ލޯކަލް ކަައުންސިލުތަކުން ކަމުގައި އިދާރީ ދާއިރާތަައް ހިންގުމާ ބެހޭ ވަޒީރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިޔާ ޕީއެސްއެމްއަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި އާދަމް ޝަރީފު ވިދާޅުވީ ދައުލަތުގެ ހިންގުން ޑިޖިޓަލައިޒްކުރެއްވުމަށް ރައީސް ޑރ.މުޢިއްޒު ފައްޓަވާފައިވާ "މޯލްޑިވްސް 2.0" މަޝްރޫއުގައި ކައުންސިލުތަކާއި ކައުންސިލަރުންނާއި އެ އިދާރާތަކުގެ ސިވިލްސާވިސް މުވައްޒަފުންގެ ދައުރު ވަރަށް މުހިއްމުވާނެ ކަމަށެވެ.
މިހާރުވެސް ރައްޔިތުން އެންމެ ގިނަ ހިދުމަތްތަކެއް ހޯދަންޖެހޭ ސީދާ ރައްޔިތުންނާ ގުޅުންހުރި އެންމެ ގިނަ ކަންކަން ނިންމަމުންދަނީ ކައުންސިލުތަކުންކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ކައުންސިލުތަކުން ހޯދާ ހިދުމަތްތައް ގޭގައި ތިބެގެން އަތުގައި އޮންނަ ފޯނުން ހޯދޭނެ އިންތިޒާމެއް ހަމަޖެހުމަކީ ވަރަަށް ބޭނުންތެރި އަދި ރައްޔިތުންނަށް އެކަަމުގެ ސަބަބުން ބޮޑެތި ލުއިތަކެއް ލިބޭނެ ކަމެއް ކަމަަށެވެ.
ރައީސްގެ ތަަސައްވުރު ތަންފީޒުކުރުމުގައި ކައުންސިލުތަކުގެ ދައުރުގެ މުހިއްމުކަމަށްޓަކައި، މި މަޝްރޫއު ތަންފީޒުކުރުމަށް ރަައީސް އައްޔަންކުރައްވާފައިވާ ބޭފުޅުންނާއެކު މިނިސްޓްރީއާއި އެލްޖީއޭއިން މިހާތަނަށް ދެ ބައްދަލުވުމެއް ބާއްވާފައިވާކަން ހާމަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ކައުންސިލުތަކުގެ ބައިވެރިވުން ޑިޖިޓަލް ބޮޑު ބަދަލުގައި އޮންނާނެ ގޮތާމެދު މަޝްވަރާކުރެވިފައިވާ ކަމަށެވެ.
އިތުރަށް މިނިސްޓަރު ވިދާޅުވީ ކައުންސިލުތަކުން ފޯރުކޮށްދޭ ހިދުމަތްތައް ފަސޭހައިން ރައްޔިތުންނަށް ލިބޭ ގޮތަށް ޑިޖިޓަލް ހިދުމަތްތައް ގާއިމުކުރުމުގައި ޑިޖިޓަަލައިޒޭޝަންގެ މަސައްކަތުގެ ތެރެއިން ކުރަންޖެހޭ ކަންކަން ކުރުމުގައި މިނިސްޓްރީން ދޭންޖެހޭ އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގައެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ރާއްޖެ ޑިޖިޓަލްކުރުމުގެ މަސައްކަތުގައި އެކަމުގެ ގާބިލުކަމާއި ފަންނުވެރިކަމާއި ޝައުގުވެރިކަން ހުރި އެއް އިދާރާއަކީ ލޯކަލް ގަވަމެންޓު އޮތޯރިޓީ ކަމުގައެވެ. އަދި ޑިޖިޓަލް ހިދުމަތްތައް ފުޅާކުރުމުގައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަމުންދާނެ ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.