ENGLISH
05 ޖުލައި 2025
އައްޑޫގައި ވެދަރ ރާޑަރެއް ބަހައްޓަނީ
09 ޖޫން 2025
|
އައްޑޫ ސިޓީ (ފޮޓޯ/ އަވަސް އެމްވީ)
އައްޑޫ ސިޓީގައި ވެދަރ ރާޑަރެއް ބެހެއްޓުމުގެ މަސައްކަތް ކުރަމުންދާ ކަމަށްް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެފި އެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި އެ އޮފީހުގެ އެސިސްޓެންޓް މީޓިއޮރޯލޮޖިސްޓް ހުސެއިން ވަހީދު ވަނީ ކުރިއަށް އޮތްތަނުގައި ވެދަރ ރާޑަރު ސިސްޓަމްތައް ގިނަކޮށް، މުޅި ރާއްޖެ ރާޑަރު ނެޓްވޯކަކުން ގުޅާލުމުގެ އަމާޒާ ގުޅޭ ގޮތުން ވާހަކަދައްކަވާފަ އެވެ.
މިހާރު ރާއްޖޭގައި ވެދާ ރޭޑަރެއް އިންނަނީ ހަމައެކަނި ހުޅުލޭގަ އެވެ. ހުޅުލޭގައި ގާއިމުކޮށްފައިވާ މި ރޭޑަރުން ގާތްގަނޑަކަށް 250 ކިލޯމީޓަރު ރޭޑިއަސްގެ ތެރޭގައި ހިނގާ ކަންކަމުގެ މައުލޫމާތު ދެނެގަނެވެ އެވެ.
އޭނާ ވިދާޅުވި ގޮތުގައި އައްޑޫގައި ވެސް މިފަދަ ރާޑަރު ސިސްޓަމެއް ބެހެއްޓުމުގެ މަސައްކަތް ކުރިއަށްދާއިރު ވަރަށް އަވަހަށް އެ މަސައްކަތް ވެސް ނިމެނޭ އެވެ.
މެޓުން ބުނާ ގޮތުގައި ޑޮޕްލަރ ވެދަރ ރާޑަރާއި އެކު ވާރޭވެހެމުންދާ ސަރަހައްދާއި، ވާރޭވެހެމުންދާ ބޯމިނާއި، ވާރޭވެހޭ ވިލާގަނޑު ދަތުރުކުރަމުންދާ މިސްރާބާއި އަދި ބާރުމިން ފަދަ މައުލޫމާތުތައް ދެނެގަނެވި ވިލާގަނޑު ލައްވާލާނެ ސަރަހައްދު އަންދާޒާކުރެވޭ ވަގުތު ދެނެގަނެވޭނެއެވެ. މިކަމުގެ ސަބަބުން މޫސުން ކުރިއަށް ލަފާކުރުމުގެ އިތުރުން ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރި ކަމަށް މުހިންމު މަޢުލޫމާތުތަކެއް ފޯރުކޮށްދެވޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
.