ENGLISH
05 ޖުލައި 2025
އިމުގެ ތެރެއިން ޢީދު ފާހަގަ ކުރާ ފަރާތްތަކަށް ސަލަފުން ހިތްވަރު ދީފި
08 ޖޫން 2025
|
އދ ދަނގެތީގައި އީދު ފާހަގަ ކުރުމުގެ ހަރަކާތް ކުރިއަށް ގެންދަނީ -- ފޮޓޯ: އުޝާން | ޖަމިއްޔަތުލްޤަލަމް
އިސްލާމީ އުސޫލުތަކާއި އެއްގޮތައް ޢީދު އުފާ ފާޅުކުރަމުން އަންނަ ކައުންސިލުންތަކާއި ޖަމްޢިއްޔާތަކަށް ދިވެހިރާއްޖެ އެންމެ ފުޅާކޮށް ދީނީ ހޭލުންތެރިކަން ފަތުރާ މަދަނީ ޖަމްޢިއްޔާ ކަމުގައިވާ ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ހިތްވަރު ދީފި އެވެ.
ސަލަފުން މިކަން ބަޔާންކޮށް މިއަދު ވަނީ މީސްމީޑިޔާގައި ޕޯސްޓެއް ކޮށްފަ އެވެ.
އެ ޖަމިޢްޔާ އިން ބުނީ ޢީދު ކުޅިވަރުގެ ނަމުގައި ބޮޑެތި މުންކަރާތްތައް ހިންގަމުން އަންނަކަމީ ކޮޅު ނެތްކޮޅަށް ހިތާމަހުރި ކަމެއް ކަމަށެވެ.
ނަމަވެސް މިއަދު ރާއްޖޭގެ ބައެއް ރަށްރަށުގެ ކައުންސިލްތަކާއި ޖަމްޢިއްޔާތަކުން އިސްލާމީ އިމުގެ ތެރޭގައި ޢީދު އުފާފާޅު ކުރާކަމީ އުފާކުރަން ޖެހޭ ކަމެއް ކަމަށް ސަލަފުން ވަނީ ބުނެފަ އެވެ.
އަދި މި ފުރުޞަތުގައި އެފަދަ ކުޅިވަރުތައް އިންތިޒާމު ކުރާ ފަރާތްތަކަށް ހިތްވަރުދޭ ކަމެއް ކަމަށް ސަލަފުގެ ޕޯސްޓް ގައިވެެެ އެވެ.
އަދި މީގެ އިތުރުން މިހާރު ކުރިޔަށްދާ 1446 ވަަނަ އަހަރުގެ އަޙްޟާ ޢީދުގައި ދީނުގެ އިމުގެ ތެރޭގައި ޢީދު ފާހަގަކުރާ ބައެއް ކައުންސިލުތަކާއި ޖަމްޢިއްޔާތަކުގެ ފޭސްބުކު ޕޭޖްގެ ލިންކުތައް ވެސް އެޕޯސްޓުގައި ހިމަނާފައިވެ އެވެ. އެގޮތުން އދ. ދަނގެތި ޖަމްޢިއްޔަތުލް ޤަލަމުން ކުރިއަށް ގެންދާ ޢީދު އުފާ 1446 އާއި ހދ. މަކުނުދޫ ކައުންސިލުން ގެންދާ ޢީދު ކުޅިވަރުތައް އަދި ރ.ކި ނޮޅަސް ގައި ކުރިއަށް ދާ ޢީދު ފޯރީގެ ހަރަކާތްތައް ފާހަގަ ކޮށްފައިވެ އެވެ. އަދި ހުރިހާ ފަރާތްތަކުން ވެސް އެފަދަ ކުޅިވަރުތައް ފެތުރުމަށް ސަލަފުން ވަނީ އިލްތިމާސް ކޮށްފަ އެވެ.