ENGLISH

05 ޖުލައި 2025

Advertisement

ކަނޑުގެ ދިރުންތައް ރައްކާތެރިކޮށް އަންނާންއޮތް ޖީލަށް ފޯރުކޮށް ދިނުމަކީ މިއަދު އެންމެންގެ ޒިންމާއެއް: ވަޒީރު

08 ޖޫން 2025

|

ހަސަން އާމިރު

ކަނޑުގެ މާހައުލާއި ވަށައިގެންވާ ވެށި އަދި އެވެށީގެ ދިރުންތައް ރައްކާތެރިކޮށް ބެލެހެއްޓުމާއެކު، އަންނަން އޮތް ޖީލުތަކަށް އޭގެ ދުޅަހެޔޮކަންމަތީ ފޯރުކޮށް ދިނުމަކީ މިއަދު އެންމެންގެ ޒިންމާއެއް ކަމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގުވާމީ ކަނޑުތަކުގެ ދުވަހުގެ މުނާސަބަތުގައި ވަޒީރު ފޮނުއްވެވި މެސެޖުގައި ވިދާޅުވީ ރާއްޖޭގެ 99 އިންސައްތައަށް ވުރެ ބޮޑު ސަރަހައްދަކީ މޫދާއި ކަނޑަށް ވާއިރު، އަޅުގަނޑުމެންގެ އިޤްތިޞާދީ ނާރެސް އޭގެ މައްޗަށް ބިނާވެފައިވާ އެންމެ މުހިއްމު ވަސީލަތަކީ ކަނޑު ކަމަށެވެ. މިއަދު ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރާއިރު، ކަނޑުގެ ވެއްޓާއި އެމާހައުލުގައި އުޅޭ ދިރުންތަކަކީ ދިވެހިންގެ ދިރިއުޅުމާއި ގުޅިލާމެހިފައިވާ އަޅުގަނޑުމެން ބަނޑުފުރާ މުއްތިކުރުމަށާއި އާމްދަނީ ހޯދުމަށް ޤުދުރަތުން ދެއްވާފައިވާ އެންމެ ބޮޑު ނިޢުމަތްކަމީ ދެބަސްވެވޭނެ ކަމެއް ނޫން ކަމަށް ވަޒީރު ވިދާޅުވި އެވެ.

ޒަމާނުންސުރެ ދިވެހިންނަކީ ކަނޑުގެ ވެއްޓާއި ރައްޓެހި ކަނޑުރޯދި ހޯދުމަށް ކަނޑުގެ ވަސީލަތް ބޭނުންކުރާ ބައެއްކަން ފާހަގަ ކުރައްވާ ވަޒީރު ވިދާޅުވީ ރާއްޖޭގެ މަސްވެރިކަމަށް ބަލާލިޔަސް ތިމާވެއްޓާ ރައްޓެހި ގޮތުގައި ކުރެވޭ މަސްވެރިކަމެއް އެތައް ޤަރުނައެއް ވަންދެން ދަމަހައްޓައި ޒަމާނާ އެއްގޮތަށް ތަރައްޤީކުރެވިފައި އޮތްއޮތުމަކީ، އެކަމަށް ދިވެހިން ޚާއްސަ ސަމާލުކަމެއް ދީފައިވާކަން ރަމްޒުކޮށްދޭކަމެއް ކަމަށެވެ. އެހެންވީމާ ކަނޑުގެ މާހައުލާއި ވަށައިގެންވާ ވެށި އަދި އެވެށީގެ ދިރުންތައް ރައްކާތެރިކޮށް ބެލެހެއްޓުމާއެކު، އަންނަން އޮތް ޖީލުތަކަށް އޭގެ ދުޅަހެޔޮކަންމަތީ ފޯރުކޮށް ދިނުމަކީ މިއަދު އަޅުގަނޑުމެންގެ އެންމެންގެ ޒިންމާއެއް ކަމަށް ވަޒީރު ވިދާޅުވި އެވެ.

ދިވެހިރާއްޖޭގެ މަސްވެރިކަން ތަރައްޤީކުރުމަށް މިއިން ދުވަހަކު ނުކުރާ މިންވަރަށް މަސައްކަތް ކުރަމުންދާއިރު، އަޅުގަނޑުމެންނަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ މޫސުމަށް އަންނަ ބަދަލުތަކާއިއެކު ކަނޑުގެ ވެއްޓަށްކުރާ ނޭދެވޭ އަސަރުތައް ކަމަށް ވަޒީރުގެ މެސެޖުގައި ވިދާޅުވި އެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކަނޑުގެ ލޮނުގަނޑު ހޫނުވުމުގެ ސަބަބުން ކަނޑުމަހުގެ ބާވަތްތައް ދުރު ސަރަޙައްދުތަކަށް އަދި ކަނޑުގެ ފުން ހިސާބުތަކަށް ހިޖުރަކުރާ ކަމަށާ ނަތީޖާއަކީ، އަޅުގަނޑުމެން ދޮށްޓާއި އަތުނަނު ބޭނުންކޮށްގެން ކަނޑުގެ މަތީ ފަށަލައިން ކުރާ މަސްވެރިކަމަށް އޭގެ ނޭދެވޭ އަސަރުކުރާ ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު