ENGLISH
05 ޖުލައި 2025
ރިމާންޑު ސެންޓަރުތަކަށް 178 މީހަކު ނަގައި ފަރުވާދޭން ފަށައިފި
08 ޖޫން 2025
|
ނޭޝަނަލް ޑްރަގް އެޖެންސީގެ ބައެއް ވެރިން
ރާއްޖޭގެ އެކި ސަރަހައްދުތަކުން 178 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ރިމާންޑު ސެންޓަރުތަކަށް ފޮނުވައި މަސްތުވާތަކެއްޗަށް ދެވިހިފުމުން ސަލާމަތްވުމަށް ދޭންޖެހޭ ފަރުވާ ދޭން ފަށައިފިއެވެ.
ދައުލަތުގެ މީޑިޔާއަށް ދެއްވި ބަސްދީގަތުމެއްގައި ނޭޝަނަލް ޑްރަގް އެޖެންސީގެ ޗެއާޕާސަން ލުބުނާ ޒާހިރު ވިދާޅުވީ ރިމާންޑު ސެންޓަރުތަކަށް ގެންގޮސްފައިވާ 178 މީހުންގެ ތެރެއިން ފަރުވާނުދެވި ތިބީ ވަރަށް މަދު ބައެކެވެ.
ފަރުވާ ނުފެށި ތިބި މީހުންނަކީ ކުރމިނަލް ކޯޓުގައި އެމީހުންނާ ގުޅުންހުރި މައްސަލަތަައް ކުރިއަށްދާތީ ފަރުވާ ނުފެށި ތިބި މީހުންކަމަށްވެސް ލުބުނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެ މައްސަލަތައް ނިމުމާއެކު އެމީހުންނަށްވެސް ފަރުވާ ދިނުމުގެ މަސައްކަތް ވީހާވެސް އަވަހަަށް ފަށާނެއެވެ.
އާއްމުކޮށް ރިމާންޑު ސެންޓަރުތަކަށް ގެންގޮސް ފަރުވާދެނީ މަސްތުވާތަަކެތި ބޭނުންކޮށްގެން މަގުމަތީގައި އުޅޭ މީހުންނެވެ. އޭގެ އިތުރަށް ކުޑަކުދިން ދިރިއުޅޭ ގެދޮރުގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކޮށްގެން އާއިލާތަކުން ފުލުހަަށް ރިޕޯޓުކުރުމުން އެފަދަ މީހުންގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ރިމާންޑު ސެންޓަރުތަކަށް ފޮނުވައެވެ.
ލުބުނާ ވިދާޅުވި ގޮތުގައި ރިމާންޑަށް ގެންދާ މީހުންނަށް ފަރުވާ ދިނުމުގައި އެންމެ ބޮޑު އިސްކަމެއް ދެނީ ދިގު މުއްދަތުގެ ފަރުވާ ފޯރުކޮށްދީގެން އެމީހުން އަނބުރާ މުޖުތަމައަށް ނެރުމަށެވެ.
މާލޭގެ މަގުތަކުގައި މަސްތުވެގެން އުޅޭ މީހުން މަގުމަތިން ނަގައި ރިމާންޑު ސެންޓަރުތަކަށް ގެންގޮސް ފަރުވާދިނުމުގެ މަސައްކަތް ސަރުކާރުން ފެށީ އޮކްޓޯބަރު މަހުއެވެ. އެ މަސައްކަތާއެކު މަގުމަތީގައި މަސްތުގެ ހާލަތުގައި އުޅޭ މީހުންގެ އަދަދު ވަރަަށް ބޮޑަށް މަދުވެފައިވެއެވެ.
މި ސަރުކާރުން އަންނަނީ މީހުން ދިރިއުޅޭ ތަންތަނާ ކައިރިން މަސްތުވާކެއްޗަށް ފަރުވާކުރުމުގެ ހިދުމަތް ދިނުމުގެ ގޮތުން ގިނަ ރަށްތަކެއްގައި ރިމާންޑު ސެންޓަރުތައް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ގދ.ތިނަދޫއާއި ފުވައްމުލަކާއި އައްޑޫ ސިޓީގައި ރިމާންޑު ސެންޓަރުތައް ހުޅުވާފައިވެއެވެ.