ENGLISH
05 ޖުލައި 2025
ހައްޖުގެ އަޅުކަމަކީ އަޅުގަނޑުމެންގެ ހަޔާތުގެ އެންމެ މުހިންމު ދަތުރު: ޑރ.ޝަހީމް
08 ޖޫން 2025
|
ހައްޖުގެ އަޅުކަމަކީ އިންސާނާގެ ހަޔާތުގެ އެންމެ މުހިންމު ދަތުރު ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއެޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ ސަޢޫދީ ޢަރަބިއްޔާގައި ތިބި ދިވެހި ޙައްޖުވެރިންނާ ބައްދަލުކުރެއްވުމަށް ވަޑައިގެން އުޅުއްވަނިކޮށެވެ.
މިނިސްޓަރު ޝަހީމް ވިދާޅުވި ގޮތުގައި ހައްޖުގެ އަޅުކަމަކީ ހަޔާތުގައި ކުރާ އެންމެ މަތިވެރި އަދި މުހިންމު އަޅުކަން ކަމަށާއި، މި އަޅުކަމުގައި ދިމާވާ އެންމެހައި ކަންކަމަށް ކެތްތެރިވާންޖެހޭނެއެވެ.
އަދި ހައްޖުގެ އަޅުކަމުގެ ނަސީބު ލިބުނު ކަމަށްޓަކައި މާތްﷲ އަށް ޝުކުރުވެރިވާންޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، މިނިސްޓަރު ވަނީ ހުރިހާ ދިވެހި ހައްޖުވެރިންގެ ހައްޖު ޤަބޫލުކުރެއްވުމަށް މާތްﷲ އަށް ދުޢާކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވެސް ހައްޖުވެރިންނާ ބައްދަލުކުރަން ބޭނުންފުޅުވި ނަމަވެސް، ވަޑައިނުގެންނެވުނު ކަމަށާއި ރައީސްގެ ދެކަނބަލުންގެ ސަލާމް އޮތް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ވަޒީރުންގެ ޓީމެއް ވަނީ ސަޢޫދީ ޢަރަބިއްޔާގައި ތިބި ދިވެހި ޙައްޖުވެރިންގެ ޙާލު ބެއްލެވުމަށް ވަޑައިގެންފައެވެ.