ENGLISH

12 ސެޕްޓެމްބަރު 2025

Advertisement

ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވެ، ވައިޓް އެލާޓް ނެރެފި

08 ޖޫން 2025

|

މަރިޔަމް މިލްޒަމް މަސްޢޫދު

މޫސުމާބެހޭ އިދާރާއިން މަޢުލޫމާތު ދީފައިވާ ގޮތުގައި، ދެކުނުގެ އަތޮޅުތަކަށް މޫސުން ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށާއި، މިއަދުގެ ކުރިއަށް އޮތް ގަޑިތަކުގައިވެސް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކުރެވެއެވެ.

މި ހާލަތާ ގުޅިގެން، މިއަދު ހެނދުނު 6:30 އިން 11:30 އަށް ގއ. އަތޮޅުން ފެށިގެން އައްޑުއަތޮޅާ ހަމައަށް ވައިޓް އެލާޓެއް ނެރެފައިވެއެވެ. މި މުއްދަތުގައި ބޯކޮށް ވާރޭވެހި ގުގުރުމުގެ އިތުރުން، ވިއްސާރަގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވެއެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭވެހިފައިވަނީ އައްޑޫ ހުޅުމީދޫއަށެވެ. އެގޮތުން:

އައްޑޫ ހުޅުމީދޫ: 36.3 މިލިމީޓަރު

އައްޑޫ ގަން: 24.1 މިލިމީޓަރު

އައްޑޫ ހިތަދޫ: 11.2 މިލިމީޓަރު

އދ. މާމިގިލި: 5.0 މިލިމީޓަރު

ފުވައްމުލައް: 4.0 މިލިމީޓަރު

ކ. ދިއްފުށި: 2.0 މިލިމީޓަރު

މޫސުމާބެހޭ އިދާރާއިން ރައްޔިތުންނަށް އިލްތިމާސްކޮށްފައިވަނީ މޫސުމުގެ ޙާލަތަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށެވެ.

ކިޔުންތެރިންގެ ހިޔާލު