ENGLISH

03 ޖުލައި 2025

Advertisement

އެންމެން ދަމަހައްޓައިދޭ ކަނޑުތައް ހިމާޔަތްކޮށް، އިހުތިރާމުކޮށް، ދެނެގަންނަމާ: ރައީސް

08 ޖޫން 2025

|

ޝިފްޒާން އަޙްމަދު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް

މި ބިމުގައި ދިރިއުޅޭ އެންމެންނަށް ކަނޑުތަކުން ދިރުމާއި ދެމެހެއްޓުން ލިބޭކަން ފާހަގަކުރައްވައި އެ ކަނޑުތައް ދެނެގަނެ، އިހުތިރާމުކޮށް ހިމާޔަަތްކުރުމަށް އެންމެން އެކީ މަސައްކަަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ. 

މިއަދު ފާހަގަކުރާ ދުނިޔޭގެ ކަނޑުތަކުގެ ދުވަހާ ގުޅިގެން އެމަނިިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މި ދުނިޔޭގެ ދުޅަހެޔޮކަން ފެށިގެން އަންނަނީ ކަނޑުތަކުގެ ދުޅަހެޔޮކަމާ ހަމައިން ކަމަށެވެ. 

އިތުރަށް ރައީސް ވިދާޅުވީ ރާއްޖެފަދަ ކުދި ޖަޒީރާ ގައުމުތަކަށް ކަނޑަކީ ހަމައެކަނި ވަސީލަތެއް ނޫންކަމަަށެވެ. ރައީސް ސިފަކުރެއްވި ގޮތުގައި ކަނޑުތަކަކީ ދިވެހިންނަށް ދިރުމުގެ ވާފަށެކެވެ. އެއީ މަސްވެރިކަމާއި ފަތުރުވެރިކަމާއި އެހެނިހެން ގޮތްގޮތުން ދިވެހިންގެ ދިރިއުޅުން ދަމަހައްޓައިދެނީ ކަނޑުތަކުންކަމަށްވާތީ ކަމުގައި ރައީސް ވިދާޅުވިއެވެ. 

ކަނޑުތަކަށް މިހާރު ކުރިމަތިވެފައިވާ ނުރައްކާ ސިފަކުރައްވަމުން ރައީސް ވިދާޅުވީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކަނޑުތައް ހޫނުވަމުން އަންނަ ކަމަށެވެ. އެކަމުގެ ސަބަބުން މަހުގެ ސްޓޮކަށް ބޮޑެތި ބަދަލުތައް އަންނަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ރަށްރަށުގެ ގޮނޑުދޮށްތައް ގިރަމުންދާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ. 

މި ސަބަބުތައް ފާހަގަކުރައްވައި ރައީސްވަނީ އެންމެންވެސް ކަނޑުތައް ފަހުމުކޮށް ދެނެގަތުމަށާއި، ކަނޑުތަކަށް އިހުތިރާމުކޮށް ހިމާޔަތްކުރުމަށް މަސައްކަތްކުރަން ގޮވައިލައްވާފައެވެ. 

މި އަހަރުގެ ދުނިޔޭގެ ކަނޑުގެ ދުވަހުގެ ޝިއާރަކީ "ވަންޑާ: ސަސްޓެއިން ވަޓް ސަސްޓެއިން އަސް" ނުވަތަ "ފިކުރުހިންގުން: އަހަރުމެން ދަމަހައްޓައިދޭ އެތި ދަމަހައްޓަމާ،" އެވެ. 

ކިޔުންތެރިންގެ ހިޔާލު