ENGLISH
03 ޖުލައި 2025
އދގެ ކަނޑުތަކާ ބެހޭ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރު ތާރިގު ފުރާންސަށް ފުރާވަަޑައިގެންފި
08 ޖޫން 2025
|
ކަނޑުތަކުގެ ކޮންފަރެންސަށް ފުރާވަޑައިގަތުމުގެ ކުރިން މިނިސްޓަަރު ތާރިގު އިބްރާހީމް، ފޮޓޯ: މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމެންޓް
ފުރާންސްގެ ނީސްގައި އޮންނަ ދުނިޔޭގެ ކަނޑުތަކާ ބެހޭ ކޮންފަރެންސް 2025 ގައި ބައިވެރިވެވަޑައިގަތުމަށް ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ފުރާވަޑައިގެންފިއެވެ.
މިނިސްޓަރު ޠާރިޤުގެ އިތުރުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމުވެސްވަނީ އެ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ފުރާންސަށް ވަޑައިގެންފައެވެ.
މިއަދު ފާހަގަކުރާ ދުނިޔޭގެ ކަނޑުގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރި ޕޯސްޓެއްގައި ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނެފައިވަނީ ކަނޑތަކުގެ ދުވަހުގައި "އަހަރުމެންގެ ނޫ ބިން" ހިމާޔަތްކުރުމުގެ އާލަމީ ހަރަކާތުގައި ރާއްޖެއިންވެސް ބައިވެރިވާ ކަމަށެވެ.
ދިވެހިރާއްޖެއަކީ ގައުމެއްގެ ގޮތުގައި ކަނޑުތަކުގެ މައްޗަށް ބަރޯސާވާ ގައުމަކަށްވާތީ މި އަހަރުގެ ކަނޑުތަކުގެ ދުވަހުގެ ޝިއާރުކަމަށްވާ "ވޮންޑަރ: ސަސްޓެއިނިން ވަޓް ސަސްޓެއިން އަސް" ނުވަތަ އަހަރުމެން ދަމަހައްޓައިދޭ އެތި ދެމެހެއްޓުމުގެ ޝިއާރަކީ ދިވެހިންނާ ވަރަަށް ގުޅޭ ޝިއާރެއް ކަމުގައި މިނިސްޓްރީން ފާހަގަކުރިއެވެ.
ދިވެހިންގެ ދިރިއުޅުމައި، އިގުތިސާދާއި ދިރިއުޅުމުގެ ވައްޓަފާޅިވަނީ ވަކިނުވާނެހެން ކަނޑުތަކާ ލާމެހިފައިކަން ފާހަގަކުރަމުން މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓުގައި ބުނެފައިވަނީ ކަނޑުތަކުގައިވާ އަޖައިބުކުރުވަނިވި ކަންކަަމަށް ނިމުމެއް ނެތް ކަމަށެވެ.
އެގޮތުން ކަނޑުތަކުގެ ދިރުންތަކުގެ ތަނަވަސް ވިއުގަ ދަމަހައްޓައިދޭ ކުދި ރެނދަންތަކުން ފެށިގެން، ދިރުންތަކުގެ މުއްސަނދިކަމުން ތަނަވަސްވެގެންވާ މުރަކައިގެ ފަރުތަކާއި، ކަނޑުތަކުގެ އެންމެ ފުނުގައި ދިރިއުޅޭ ގޮތް ނޭނގޭ ދިރުންތަކަކީ ކަނޑުތަކުގައިވާ އަޖައިބުތަކުގެ މިސާލުތަކެއް ގޮތުގައި މިނިސްޓްރީން ސިފަކުރިއެވެ.
ކަނޑުތަަކުގެ ކޮންފަރެންސްގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާ ވަޒީރުން ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، ކަނޑުތަކުގެ ދިރުންތައް ހިމާޔަތްކުރުމަށް ޖަޒީރާ ގައުމުތަކުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރާނެއެވެ.