ENGLISH
08 ޖޫން 2025
ފިޔަވަތީގެ ކުދީންނަށް ފުލުހުންގެ ފަރާތުން "ވަރަށް ލޯބިން" ޢީދު ހަދިޔާ ދިނުމުގެ ހަރަކާތެއް
08 ޖޫން 2025
|
މިއަދު އޮތް ހަރަކާތުގެ ތެރެއިން -- ފޮޓޯ: ޕޮލިސް
ފިޔަވަތީގެ ކުދީންނަށް ފުލުހުންގެ ފަރާތުން "ވަރަށް ލޯބިން" ޢީދު ހަދިޔާ ދިނުމުގެ ހަރަކާތެއް ބާއްވައިފި އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ ދައުލަތުގެ ބެލުމުގެ ދަށުގައި ފިޔަވަތީގައި ތިބޭ ކުދިންނަށް ފުލުހުން މެދުވެރިކޮށް ދޭ ޢީދު ހަދިޔާއެއްގެ ގޮތުގައި ހެޔޮއެދޭ ފަރާތަކުން ހަމަޖައްސައިދިން މެންދުރު ކެއުމަކާއެކު ފުލުހުންގެ ފަރާތުން "ވަރަށް ލޯބިން" ޢީދު ހަދިޔާ ދިނުމާއި އެ ކުދީންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްފައިވާ ކަމަށެވެ.
މިއަދުގެ ހަރަކާތުގައި ފިޔަވަތީގައި ތިބި ކުދީން ބައިވެރިވެ ވަރަށް އުފާވެރި ވަގުތުތަކެއް ވަނީ ހޭދަކޮށްފަ އެވެ.
މި ހަރަކާތުގައި ހުޅުމާލެ ފޭސް އެކެއްގެ ގިނަ އަދަދެއްގެ ފުލުހުން ވަނީ ބައިވެރިވެފަ އެވެ.
ޢީދު ފަދަ މުނާސަބަތުތަކާ ގުޅުވާ މީގެ ކުރީން ވެސް ފުލުހުންގެ ޚިދުމަތުން މިފަދަ ހަރަކާތްތައް ކުރިއަށް ގެންދެ އެވެ.