ENGLISH
08 ޖޫން 2025
ލާމު ލިންކުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ދެ މީހަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެ
08 ޖޫން 2025
|
އެކްސިޑެންޓްގައި ސައިކަލަށް ގެއްލުންވެފައި -- ފޮޓޯ: ޕޮލިސް
ލާމު ލިންކުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ދެ މީހަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެ އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މިރޭ ބުނީ މި އެކްސިޑެންޓް ހިނގީ ގަމު ލިންކު ރޯޑްގައި އުތުރުން ދެކުނަށް ދުއްވާފައި ދިޔަ ސައިކަލަކާއި ކާރެއް ޖެހި ކަމަށެވެ.
އެކްސިޑެންޓްގެ ރިޕޯޓް ލިބުނީ މިރޭ އިރުއޮއްސި 7:03 ހާއިރު ކަމަށެވެ.
ފުލުހުން ބުނީ މިރޭގެ އެކްސިޑެންޓްގައި ސައިކަލުގައި ތިބި ދެ މީހުންނަށް ބޮޑެތި އަނިޔާތަކެއް ވެފައިވާ ކަމަށެވެ. ސައިކަލު ދުއްވަން އިން މީހާގެ ކަނައަތު ފައިގެ ދެ ތަނަކުން ވަނީ ބިންދައިގެން ގޮސްފަ އެވެ. އަދި ބޯ ފަޅައިގެން ގޮސް އެކިވަރުގެ އަނިޔާތައް ލިބިފައިވެ އެވެ.
ސައިކަލު ފަހަތުގައި އިން މީހާގެ ބޯ ވެސް ދެ ތަނަކުން ފަޅައިގެން ގޮސް ކަނައަތު ފައިގެ ދެ ތަނަކުން ވަނީ ބިނދިފަ އެވެ. ދެ މީހުންނަކީ ވެސް އުމުރުން 44 އަހަރުގެ ދިވެހި ފިިރިހެނެކެވެ.
އެކްސިޑެންޓްގައި ކާރު ދުއްވަން އިން 62 އަހަރުގެ ދިވެހި މީހާއަށް އަނިޔާއެއް ނުވެ އެވެ.
ފުލުހުން ބުނީ އެކްސިޑެންޓްވެ ސައިކަލާއި ކާރަށް ވެސް އެކިވަރުގެ ގެއްލުންވި ކަމަށެވެ.