ENGLISH
08 ޖޫން 2025
ސަޢުދީ ވަލީއަޙުދު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުއާ ބައްދަލު ކުރައްވައިފި
07 ޖޫން 2025
|
ސަޢުދީ ވަލީއަޙްދު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުއާ ބައްދަލު ކުރެއްވުން
ސަޢުދިޢަރަބިއްޔާގެ ވަލީ އަޙްމަދު މުޙައްމަދު ބިން ސަލްމާން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާ މިއަދު ބައްދަލު ކުރައްވައިފި އެވެ.
ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ރައީސް މުޢިއްޒު މިވަގުތު ހުންނެވީ ސަޢުދިއަރަބިއްޔާގަ އެވެ. އެމަނިކުފާނު ޙައްޖުގެ އަޅުކަމަށް ވަޑައިގެންނެވީ ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު އަދި މާތްވެގެންވާ ދެޙަރަމްފުޅުގެ ޚާދިމް ސަލްމާން ބިން ޢަބްދުލް ޢަޒީޒްގެ ދަޢުވަތަކަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ ސަޢުދިޢަރަބިއްޔާގެ ވަލީ އަޙްމަދު މުޙައްމަދު ބިން ސަލްމާން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާ މިއަދު ބައްދަލު ކުރައްވާފައިވާ ކަމަށެވެ.
ދެ ބޭފުޅުންގެ މި ބައްދަލްވުމުގައި މަޝްވަރާ ކުރައްވާފައި ވަނީ ދެ ޤައުމުގެ ގުޅުން ބަދަހިކުރެއްވުމާއި ގުޅޭގޮތުންނެވެ.
އަދި ރާއްޖެއާ ސަޢުދީ އަރަބިއްޔާއާ ދެމެދު މިހާރު އޮތް އެއްބަނޑު އެއްބަފާ ގުޅުން އިތުރަށް ބަދަހިކުރެއްވުމާއި ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފަ އެވެ.
މި އަހަރުގެ ޙައްޖުގެ އަޅުކަމަށް ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދުގެ ދަޢުވަތަށް ވަޑައިގެންނެވި އެމަނިކުފާނުގެ މެހެމާނުންނާ އެ ޤައުމުގެ ވަލީޢަހުދު މުޙައްމަދު ބިން ސަލްމާން މިއަދު ވަނީ ބައްދަލުކުރައްވާފަ އެވެ.
ކޮންމެ އަހަރަކުވެސް ޙައްޖުގެ އަޅުކަމަށް ވަޑައިގަތުމަށް ސަޢުދީ ރަސްގެފާނު އެކި ޤައުމުތަކުގެ ވެރިންނާއި، އިސްލާމީ ޝަޚުޞިއްޔަތުތަކަށް ދަޢުވަތު ދެއްވައެވެ.
އެގޮތުން މި އަހަރު އެ ދަޢުވަތު ރައީސް މުޢިއްޒަށް ވެސް ދެއްވި އެވެ. ރަސްގެފާނުވެ ދަޢުވަތުގައި ޙަޖަށް ވަޑައިގަންނަވާ ހުރިހާ ބޭފުޅުންގެ އެންމެހައި ކަންކަމެއް ހަަމަޖައްސައިދެނީ ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުންނެވެ.
މި ބައްދަލުވުމުގައި ސައުދީ ރަސްގެފާނުގެ ދައުވަތަށް ހައްޖަށް ވަޑައިގެން ތިއްބެވި ދައުލަތްތަކުގެ އެންމެ އިސްވެރިންނާއި އެހެނިހެން މެހެމާނުންނާއި، ސައުދީ ސަރުކާރުގެ އެކި އިދރާތަކުން ދިން ދައުވަތުތަކަށް ހައްޖަށް ވަޑައިގެން ތިއްބެވި ސަރުކާރުތަކުގެ ވަފުދުތަކުގެ ވެރިންނާއި ހައްޖާ ގުޅޭ އިދާރާތަކުގެ ވެރިންވެސް ހިމެނިވަޑައިގަންނަވައެވެ.