ENGLISH

08 ޖޫން 2025

Advertisement

މެނިންގޯކޮކަލް ފެތުރެނީ ކިހިނެތް އަދި ރައްކާތެރިވާނީ ކިހިނެތް؟

07 ޖޫން 2025

|

އަޙުމަދު ޙަމީދު

ބަލި ޖެހުމުން ފެންނާނެ އަލާމަތްތައް

އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭސްއެއް ރާއްޖެ އިން ފެނުމާ ގުޅިގެން ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް ކަމާބެހޭ އިދާރާތަކުން ވަނީ އަޅަން ފަށާފަ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނި ގޮތުގައި އެ ބަލީގެ ކޭސްއެއް ފެނުމާއި ގުޅިގެން ކަމާ ބެހޭ މައުލޫމާތު އެއްކޮށް، ކޮންޓެކްޓް ޓްރޭސިންގ ހަދާ، ހައި ރިސްކް ކޮންޓެކްޓުންނަށް ބަލިން ރައްކާތެރިވުމަށްދޭ ޕްރޮފައިލެކްޓިކް ބޭސް ދިނުމާއި، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އެޅުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

މެނިންގޯކޯކަލް ޑިޒީޒްއަކީ ކޮބާ؟

އިންވޭސިވް މެނިންގޯކޯކަލް ޑިޒީޒްއަކީ ބެކްޓީރިއާއަކުން ޖެހޭ، ސިރިއަސް ބައްޔެކެވެ. ރާއްޖޭގައި މިބަލީގެ، ފެނިފައިވާ މަދު ކޭސްތަކަކީ އާއްމުގޮތެއްގައި ރާއްޖެއިން ބޭރުން އިންފެކްޝަން ޖެހިފައިވާ ފަރާތްތަކެވެ. ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ހަމުގައި ރަތް ބިހިތަކެއް ނެގުން، ބޮލުގައި ރިއްސުން ހިމެނެއެވެ. ބަލީގައި ބޮޑުވަރުވުމުން ސިކުނޑިއަށް އަސަރު ކުރުން (މެނިންޖައިޓިސް) އަދި މުޅި ހަށިގަނޑަށް އިންފެކްޝަން ފެތުރުން (ސެޕްސިސް) އެކަށީގެންވެއެވެ.

މި ބަލީގެ ދެ ބާވަތެއް ވެ އެވެ. އެއީ މެނިންޖައިޓިސް އަދި މެނިންގޯކޮކަލް ސެޕްސިސް އެވެ.

ބަލިފެތުރެނީ ކިހިނެތް؟

މެނިންގޯކޮކަލް ބަލި ފެތުރެނީ ނޭވާލާ ނިޒާމުގެ ޒަރީއާއިންނެވެ. ބަލި ޖެހިފައިވާ މީހާއާ އެކު ގިނަ ވަގުތު ވަރަށް ގާތްކޮށް އުޅޭ ފަރާތްތަކަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ.

އެގޮތުން ހިމެނެނީ؛

* އެއް ގެއެއްގައި އުޅޭ މީހުން

* އެއް ކޮޓަރިއެއްގައި ނިދި މީހުން

* ބަލި މީހާގެ ކުޅުން

* ބަލި މީހާގެ އަރިދަފުސް ގައި ޖެހުން

އެފަދަ މީހުންްނަށް އެންޓިބަޔޮޓިކް ކީމޯޕްރޮފިލެކްސިސް ދޭން ޖެހެނީ އިމިއުނައިޒޭޝަން ހާލަތަށް ބެލުމެއް ނެތި އެވެ. އެންމެ ރަނގަޅީ އިންޑެކްސް ބަލި މީހާ ދެނެގަނެވޭތާ 24 ގަޑިއިރު ފަހުންނެވެ.

މި ބަލީގެ އަލާމާތްތައް ފެންނާނީ ބަލިޖެހޭތާ 1 ދުވަހާއި 10 ދުވަހާ ދެމެދުގައެވެ. ބަލި ޖެހުމުގެ ފުރުސަތު އެންމެ ބޮޑީ ބަލިމީހާއާ ވަރަށް ގާތްކޮށް ގިނަވަގުތު ހޭދަކުރާ ފަރާތްތަކެވެ.

ރައްކާތެރިވާނީ ކިހިނެތް؟

މި ބަލީން ސަލާމަތް ވުމަށް ކުރެވިދާނެ މުހިންމު ކަންތައްތަކެެއް ވެ އެވެ. އެއީ؛

* ގިނަގިނައިން ސައިބޯނި ލައިގެން އަތްދޮވުން

* އަރިދަފުސް ރޯގާ ޖެހިއްޖެނަމަ ކެއްސާ ކިނބިހި އަޅާއިރު އަނގަމައްޗާއި ނޭފަތް ނިވާކުރުން

* ރޯގާ ޖެހި ކެއްސާނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން

* ޚާއްސަކޮށް އެފަދަ ތަންތަނަށް އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދީން ނުދިއުން

* ރޯގާޖެހިފައި ހުރިނަމަ ކުޑަކުދީންނާއި ކައިރިވެ ނޫޅުމާއި އެ ކުދީން އުރާ ނުހެދުން 

ކަމާބެހޭ އިދާރާތަކުން ވަނީ މިކަންކަމަށް ހުރިހާ އެންމެން ވެސް ޚާއްސަ ސަމާލު ކަމެއް ދިނުމަށް އެދިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު