ENGLISH

08 ޖޫން 2025

Advertisement

ހޮސްޕިޓަލަށް ގެނައި ޒުވާނަކު ނިޔާވި މައްސަލައެއް ބަލަނީ

07 ޖޫން 2025

|

އަޙުމަދު ޙަމީދު

އައްޑޫ ހޮސްޕިޓަލް

އައްޑޫ ސިޓީ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ގެނައި ޒުވާނަކު ނިޔާވި މައްސަލައެއް ބަލަމުންދާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.

އެ ޚިދުމަތުން މިރޭ ބުނީ މި މައްސަލަ ހޮސްޕިޓަލުން ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ މިއަދު ހެނދުނު 8:28 ހާއިރު ކަމަށެވެ.

އެ ޒުވާނާ ހޮސްޕިޓަލަށް ގެނައީ މިއަދު ހެނދުނު 6:00 އެހާކަންހާއިރު އެވެ. ފުލުހުން ބުނީ އެ ޒުވާނާ ނިޔާވި މައްސަލަ ބަލަމުންދާ ކަމަށެވެ.

ތަހުޤީޤެއް ހިންގާ ކަމަށް ބުނުން ފިޔަވާ އިތުރު ތަފްސީލެއް މިވަގުތު ނުދެ އެވެ.

އައްޑޫ ސިޓީ ވެމްކޯގައި މަސައްކަތް ކުރާ އެ ޒުވާނާ ހޮސްޕިޓަލަށް ގެނައީ ކޮން ބައެއް ކަމެއް ވެސް ނުބުނެ އެވެ.

ކިޔުންތެރިންގެ ހިޔާލު