ENGLISH

07 ޖޫން 2025

Advertisement

ދުވަސްތައް ފާަހަގަކުރުމުގައި ފެންނަ ވާދަވެރިކަމަކީ ރައީސްގެ އަގުހުރި މަސައްކަތްޕުޅުގައި ނަތީޖާ: ނަަރީޝް

07 ޖޫން 2025

|

ޝިފްޒާން އަޙްމަދު

ނަރީޝާއި ރައީސް ޑރ.މުޙައްމަދު މުޢިއްޒު، ފޮޓޯ: ސަން

އީދު ދުވަސްތަކާއި ގައުމީ ފެންވަރުގައި ފާހަގަކުރާ ދުވަސްތައް އިހުތިފާލުކުރުމުގައި އަތޮޅުތަކާއި ސިޓީތަކުގެ މެދުގައި އޮންނަ ވާދަވެރިކަމަކީ ރައީސުލްޖުމްހޫެރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާއި ސަރުކާރުން ކުރަމުންދާ މަސައްކަތްޕުޅުގެ ނަތީޖާކަމަށް މާލެ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރު އަދި ޔޫތު މިނިސްޓްރީގެ ހާއްސަ އެޑްވައިޒަރު އަހްމަދު ނަރީޝް ވިދާޅުވެއްޖެއެވެ. 

ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ނަރީޝް ވިދާޅުވީ ޒަަމާންތަކެއް ވަންދެން މިގައުމުގައި ގެއްލިފައިވާ ރީތި އާދަތަކާއ ސަގާފަތާއި، ކުދިބޮޑު އެންމެންގެ މެދުގައި އޮތް ގުޅުންތެރިކަމާއި އެއްބައިވަންތަކަށް މިއަދު އާލާވެގެން ދާަތަން ފެނުމަކީ ލިބިވަޑައިގަންނަވާ ބޮޑު ހިތްހަމަޖެހުމަކާއި އުފަލެކެވެ. 

އިތުރަށް އޭނާ ވިދާޅުވީ އީދައި ގައުމީ ފެންވަރުގައި ފާހަގަކުރާ ދުވަސްތައް ފާހަގަކުރުމުގައި ރަށްރަށާއި އަތޮޅުތަކާއި ސިޓީތަކުގެ މެދުގައި ވާދަވެރި ގޮތެއްގައި ހަރަކާތްތައް ކުރިއަށް ގެންގޮސް، ދިވެހިންގެ ޒަމާންވީ އާދަތަކާއި ސަގާފަތް ދިރުވޭނެ މަގުން ކަންކަން ހިނގަމުންދާ މަންޒަރު ފެންނަ ކަމަށެވެ. 

އަދި އެގޮތަށް މިހާރު ކަންކަން ހިނގަމުންދާ ދިއުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރާއްޖޭގެ ސަގާފަތާއި ގައުމިއްޔަތާއި އެއްބައިވަންތަކަން ދިރުވައި އާލާކުރެއްވުމަށް ގެންގުޅުއްވާ ވިސްނުންފުޅާ އެއްގޮތަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ނަތީޖާއެއް ކަމުގައި ނަރީޝް ވިދާޅުވިއެވެ. 

ނަރީޝްވަނީ އެކަމުގެ ހައްގު ޝުކުރު ރައީސަށާއި ސަރުކާރަށް އަދި ރަށްރަށާއި ސިޓީތަކާއި އަތޮޅުތަކުގެ ކައުންސިލުތަކަށް އަދާކުރައްވާފއެވެ. އަދި ކަމާ ގުޅުންހުރި އިދާރާތަކުގެ އިތުރަށް މުއައްސަސާތަކާއި ކުލަބު ޖަމްއިއްޔާތައްވެސް އެ ޝުކުރުގައި ނަރީޝް ޝާމިލުކުރެއްވިއެވެ. 

ރައީސް ޑރ.މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އީދާއި، ގައުމީ ފެންވަރުގައި ފާހަގަކުރާ ދުވަސްތައް ކުލަގަދަކޮށް ފާހަގަކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. 

ސަރުކާރުން ކުރަމުންދާ މި މަސައްކަތްތަކާއެކު ރަށްރަށުގައި މި ދުވަސްތައް ފާހަގަކުރުމުގެ ފޯރި އިތުރުވެ، އެއް ރަށަށްވުރެ ސިޓީއަށްވުރެ އަނެއް ސިޓީގައި މި ދުވަސްތައް ފޯރީގައި ފާހަގަކުރުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު