ENGLISH
07 ޖޫން 2025
ޓެކްނިކަލް މައްސަލައެއް ދިމާވެ، ފުނަދޫ އެއާޕޯޓު ބަންދުކޮށްފި
07 ޖޫން 2025
|
ފުނަދޫ އެއާޕޯޓު (ފޮޓޯ/ އަވަސް އެމްވީ)
ޓެކްނިކަލް މައްސަލައެއް ދިމާވުމާއި ގުޅިގެން ށ. ފުނަދޫ އެއާޕޯޓު ވަގުތީ ގޮތުން ބަންދުކޮށްފި އެވެ.
މޯލްޑިވިއަން އިން މިއަދު 'އެކްސް' ގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ޓެކްނިކަލް މައްސަލައެއް ދިމާވެ، އެއާޕޯޓު ބަންދުކުރުމާއި ގުޅިގެން އެ އެއާލައިންގެ ފްލައިޓުތައް މިއަދު އޮޕަރޭޓްނުކުރެވޭނެ ކަމަށެވެ.
އެހެންކަމުން، އެ ފްލައިޓުތަކުގައި ދަތުރުކުރުމަށް ހަމަޖެހިފައިވާ ފަސިންޖަރުންނަށް އިތުރު ގޮތްތަކެއް ހަމަޖެއްސުމަށް މަސައްކަތްކުރަމުންދާ ކަމަށް އެ އެއާލައިނުން ފާހަގަކޮށްފައިވެ އެވެ. އެގޮތުން، ކޮންމެ ފަސިންޖަަރަކަށް މިކަމާ ގުޅިގެން ސީދާ އެއާލައިންގެ ފަރާތުން ވާހަކަދައްކަމުންދާނެ ކަމަށް ބުނެފައިވެ އެވެ.
މިކަމާއި ގުޅިގެން ފަސިންޖަރުންނަށް ދިމާވި ދަތިތަކަށް މޯލްޑިވިއަނުން ވަނީ، އެ ޕޯސްޓުގައި މާފަށް އެދިފައެވެ. އަދި މޯލްޑިވިއަންގެ ފަރާތުން އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ، އެ އެއާލައިންގެ ކޯލް ސެންޓަރުގެ ނަމްބަރު 1671 އަށް ގުޅުމަށް އެދިފައިވެ އެވެ.