ENGLISH
07 ޖޫން 2025
ފައިމަގުގައި ހިނގާފައި އުޅެން ހަމަޖެއްސި ވަގުތު، 11 މީހަކު ޖޫރިމަނާކުރި
06 ޖޫން 2025
|
ފުލުހުން މިއަދު ހިންގި އޮޕަރޭޝަންގެ ބަޔަކާ ސުވާލު ކުރަނީ
އަލްޙާ ޢީދު ދުވަހާއި ގުޅިގެން ފައިމަގުގައި ހިނގާފައި އުޅެން ހަމަޖެއްސި ވަގުތު ޤަވާއިދާ ޚިލާފުވި 11 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.
ހިނގާފައި އުޅޭ ވަގުތުގެ ގޮތުގައި ހަމަޖައްސާފައި ވަނީ ހަވީރު 4:00 އިން 6:00 އަަށެވެ.
ފުލުހުން ބުނީ އެކަން ތަންފީޒު ކުރަން ހިންގި އޮޕަރޭޝަންގައި 141 މީހަކަށް ނަސޭހަތް ދީފައިވާ ކަމަށެވެ.
އަދި 11 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. މިވަގުތުގައި ނުރައްކާތެރިކޮށް ދުއްވައިގެން ވެހިކަލެއް ވަނީ ޓޯ ކޮށްފަ އެވެ.
އަދި މުއްދަތު ހަމަވެފައިވާ ލައިސަންސެއް އޮތް މީހަކު ހުއްޓުވާ ލައިސަންސް ނެތް މީހަކު ވެހިކަލް ދުއްވުމުން ވަނީ ހިފަހައްޓާފަ އެވެ.