ENGLISH

07 ޖޫން 2025

Advertisement

ޢީދު އުފާ: ނަސީރު ގުރައިދޫއަށް، އައިޝަތު ޝިހާމް ގަމަށް އަދި ނާޒިމް ކެލަޔަށް

06 ޖޫން 2025

|

އަޙުމަދު ޙަމީދު

ޢީދަށް ރަށްތަކަށް ވަޑައިގެންނެވި ވަޒީރުން

މި އަހަރުގެ އަޟްޙާ ޢީދު ޤައުމީ ފެންވަރުގައި ފާހަގަކުރުމަށް ހަމަޖެހިފައިވާ ރަށްތަކުގައި ފޯރިގަދަކޮށް ކުޅިވަރު ހަރަކާތްތައް ފަށައިފި އެވެ.

މި އަހަރު އަޟްޙާ ޢީދު ޤައުމީ ފެންވަރުގައި ފާހަގަކުރަނީ ހއ. ކެލާ ގައާއި ކ. ގުރައިދޫގެ އިތުރުން ލ. ގަމުގަ އެވެ.

އެ ރަށްރަށުގައި ރޭ ވަނީ ކުޅިވަރުތަކާއީ ޢީދު އުފާ ފާޅުކުރުމުގެ ހަރަކާތްތައް ފަށާފަ އެވެ.

މި ރަށްރަށުގައި ކުރިއަށްދާ ޢީދު ހަރަކާތްތައް ޝަރަފުވެރި ކޮށް ދެއްވުމަށް ވަޒީރުން ވަނީ ވަޑައިގެންފަ އެވެ.

* ހއ. ކެލާ - ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމް

* ކ. ގުރައިދޫ - ވަޒީރު އާދަމް ނަޞީރު އިބްރާހިމް

* ލ. ގަން - ވަޒީރު ޑރ. އައިޝަތު ޝިހާމް

މި އަހަރު އަޟްޙާ ޢީދު ސަރުކާރުން ތިން ރަށެއްގައި ފާހަގަކުރާއިރު، މި ރަަށްރަށުގައި ޢީދާ ގުޅިގެން ގިނަ ސަގާފީ ހަރަކާތްތަކެއް އޮންނާނެ އެވެ. އެގޮތުން ވެދުމާ ދިއުމާއި، ޢީދު މަޅި ލުން ފަދަ ހަރަކާތްތައް އިންތިޒާމު ކޮށްފައިވެ އެވެ. އަސި ކޯޑި ކެނޑުމާއި، ސަގާފީ ހަރަކާތްތަކާއި ޢީދު ޝޯތަކުގެ އިތުރަށް ހަވާ އެރުވުން ވެސް ކުރިއަށްދާނެއެވެ. 

ޢީދުގެ ހަރަކާތްތަކަށް މި ރަށްރަަށަށް އެތައް ސަތޭކަ ބަޔަކު ވަނީ އަރާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު