ENGLISH
06 ޖޫން 2025
ވެލާނާ އެއާޕޯޓަށް ބާރު ބޮޑު؛ އެދެނީ އަވަހަށް ޗެކިން ނިންމައިލުމަށް
04 ޖޫން 2025
|
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލުގައި ފަސިންޖަރުން.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ދަތުރުކުރާ ދަތުރުވެރިން ގިނަވުމާ ގުޅިގެން ފަސިންޖަރުން އަވަހަށް ޗެކިންވުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން އެދިއްޖެއެވެ.
އެއާޕޯޓުގެ ބާރު ބޮޑުވުމާ ގުޅިގެން އެމްއޭސީއެލްއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެއާޕޯޓުގެ އާ ޓާމިނާލާ ގުޅޭ މަގުތަކުގެ މަސައްކަތްކުރާތީ، އީދު ބަންދާ ދިމާކޮށް ދަތުރުކުރަން އަންނަ ފަސިންޖަރުންވެސް ގިނަވުމާއެކު މިއަދަކީ އެއާޕޯޓުގައި ބާރުބޮޑުވާނެ ކަމަށެވެ.
އަދި ބާރުބޮޑުވާނެ ކަމުގައި ލަފާކުރެވޭތީ އެ ކުންފުނިން އެދިފައިވަނީ އެއާޕޯޓުން ދަތުރުކުރާ ފަސިންޖަރުން ޗެކިން ގަޑި ފެށޭ ވަގުތަށް އެއާޕޯޓާށް ދިއުމަށެވެ.
އަންނަ ހުކުރުދުވަހަކީ އީދު ދުވަސްކަމަށްވާއިރު މިއަދާއި މާދަމާ ގިނަ ބަޔަކު ރާއްޖެއާއި ރާއްޖެއިން ބޭރަށް ފުރާނެ ކަމުގައި ބެލެވެއެވެ.
އަންނަ ޖުލައި މަހުގެ 26 ވަނަ ދުވަހު ވީއައިއޭގެ އައު ޓާމިނަލުގެ ބައެއް ހުޅުވުމަށް ތައްޔާރުވަމުން އަންނާތީ ޓާމިނަލް ހުޅުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.